Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 15:32
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީ
ރަށްވެހި ފަތިސް ކެމްޕެއިން
ތަރައްގީވާނީ ރަށުގެ އިގްތިސާދުގެ ތެރޭގައި ފައިސާ ހިފެހެއްޓިގެން: ރައީސް ނަޝީދު
ކައުންސިލަތަކުން އިސްކަންދޭންވީ ރަށުގެ އިގްތިސާދަށް: ރައީސް ނަޝީދު
ބީލަން އުސޫލަށް ގެނެސްފައިވާ ބަދަލުތަކުން މިކަންކަން ވަނީ ފަހިކޮށްދީފައި
5،000،000ރ. ދަށުގެ ހުރިހާ މަޝްރޫއެއް ހަވާލުކުރާނީ ކައުންސިލުން

ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަގުސަދަކީ ރައްރަށުގައި ހިންގާ މަޝްރޫއުތަކުގެ ފައިސާ އެ ރަށެއްގެ އިގްތިސާދުގެ ތެރޭގައި ހިފެހެއްޓުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން ހުވަދު އަތޮޅު ދެކުނު ބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު ގެންދަވަނީ ރައްޔިތުންނަށް މި މެސެޖު ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކޮންމެ ރަށަކަށްވެސް ފައިބައިވަޑަައިގެން ދައްކަވާ ވާހަކަފުޅުގައި ރައީސް ނަޝީދު ގެންދަވަނީ މި ވާހަކަ ތަކުރާރުކުރައްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި، ލާމަރުކަޒީ ނިޒާމުގެ ހަގީގީ ފޮނި މީރުކަން ރަށަކަށް ލިބޭނީ މިހެން ކައުންސިލްތަކުގެ މަސައްކަތްތައް ބައްޓަން ކުރެވިގެން ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ބާރުދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރުވެސް ގެންދަވަނީ މިހާރު ބީލަން އުސޫލަށް ގެނެސްފައިވާ ބަދަލުތައް ރައްޔިތުންނަށާއި ކައުންސިލަށް ކުރިމަތިލައްވާ ފަރާތްތަކަށް އޮޅުންފިލުއްވައިދެއްވަމުންނެވެ. މިހާރު އޮންނަ އުސޫލަށް ބަލާނަމަ، މަތިން ޕޮއިންޓް ލިބޭނީ އެ ރަށެއްގެ އިގްތިސާދުގެ ތެރޭގައި އެ ފައިސާ ދައުރުވާގޮތަށް ހުށައަޅާ ބީލަންތަކަށެވެ.

Advertisement

މިކަންކަން ފަހިކޮށްދިނުމުގައި ރަށްތަކުގެ ކައުންސިލްތަކުގެ ދައުރު ބަޔާންކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޝްރޫއުތަކުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދީ، ބޭނުންވާ އެހީ ދިނުމަކީ ކައުންސިލަރުންގެ ޒިންމާއެއް ކަމަށެވެ.

ރަށުގެ އިގްތިސާދުގެ ތެރޭގައި ފައިސާ ދައުރުވާން ފެށުމުން، ރަށަށް ބޭނުންވާ ތަރައްގީ ލިބޭނެކަމީ ޝައްކެއްވެސް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޝްރޫއުތަކުގެ ފައިސާ ރަށުގެ ތެރޭގައި ދައުރުވާން ފެށުމުން ރަށެއް ތަރައްގީވާ މަންޒަރު މާ ރީއްޗަށް ވެސް ފެންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި ގުޅިގެން، ފަސް މިލިއަން ރުފިޔާއަށް ވުރެ ދަށް ހުރިހާ މަޝްރޫއެއް ހިންގަން ހަވާލުކުރެވޭނީ ކައުންސިލްތަކާއެވެ. އޭގެ ތެރޭގައި ކައުންސިލްގެ އަމިއްލަ އިސްނެގުމުގައި ހިންގާ މަޝްރޫއުތަކާއި، މައި ސަރުކާރުން ހިންގަން ބަޖެޓު ކޮށްފައިވާ މަޝްރޫއުތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް