ކ. މާލެ
|
4 މާރޗް 2020 | ބުދަ 09:52
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޖޭއެސްސީއަށް އާންމުންގެ ފަރާތުން ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި
މިމަގާމަށް 5 ފަރާތަކުން ވަނީ ކުރިމަތިލާފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޢާންމުންގެ ފަރާތުން މީހަކު އައްޔަނުކުރަންޖެހޭތީ އެކަމަށް އެދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ފުރުސަތުގައި އެކަމަށް ހުށަހެޅި ފަރާތްތަކުގެ ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މީހަކު ކަނޑައެޅުމަށްޓަކައި މަޖިލީހުން އިއުލާންކޮށްފައިވަނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން އެކަމަށް އެދި 5 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

އެ 5 ފަރާތަކީ:

  1. އައިމިނަތު އުންމު ކުލްސޫމް / މޫންލައިޓް ހައުސް / ސ.މަރަދޫ
  2. އަލީ މުހައްމަދު މަނިކު / ދަފްތަރު ނަންބަރު ރސ 1151
  3. އާދަމް މިގުދާދު / ހ.ރޯޒްމެރީ
  4. އަހުމަދު މިޒުމާދު / މއ.ލޫޕިން
  5. އަހުމަދު ނަސީރު /އާބާދުވިލާ / ސ.މީދޫ

ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ މިމައްސަލަ ވީއެންމެ އަވަހަށް ކޮމިޓީން ދިރާސާކޮށް ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖޭއެސްސީއަށް އާއްމުންގެ ތެރެއިން މީހަކު ހޯދުމަށް މިދިޔަ ދައުރުގައި އިއުލާންކުރެވި އެނަންތައް ކޮމިޓީގައި ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ގެނައެވެ. ނަމަވެސް ތަޅުމުން އެއްވެސް މެންބަރަކަށް ރުހުން ނުދިނުމުން އެ މަޤާމު އޮތީ ހުސްކޮށެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު މިހާރު ހުސްކޮށް އޮތީ ޢާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރު އެކަންޏެވެ.

- ކޮމެންޓް