Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 06:59
ކޮވިޑް-19 އަށް ފަރުވާދޭން، ޑޮކްޓަރަކު ހަރަކާތްތެރިވަނީ
ކޮވިޑް-19 އަށް ފަރުވާދޭން، ޑޮކްޓަރަކު ހަރަކާތްތެރިވަނީ
ސޯޝަލް މީޑިއާ
ކޮވިޑް-19
ރާއްޖެއިން މިހާތަނަށް އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވޭ: އެޗްޕީއޭ
ކޮވިޑް-19 އަށް އައިޖީއެމްއެޗުން ޓެސްޓު ކުރެވޭ
ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މައުލޫމާތުތައް ފަތުރަމުންދޭ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖެއިން އަދި މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19 އާ ބެހޭ ގޮތުން ޝޯޝަލް މީޑިއާ ގައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފެތުރޭ ގޮތަށް ބައެއް ފަރާތްތަކުން ދަނީ ޞައްޙަ ނޫން މަޢުލޫމާތުތައް ދައުރުކުރުވަމުންނެވެ. އެޗްޕީއޭ އިން ވަނީ އެ އިދާރާއިން ދެމުންދާ އިރުޝާދުތަކަށް ބޯލަނބަން ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސް ކޮށްފައެވެ. އަދި މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް އެެއްވެސް މީހަކު ޕޮޒިޓިވްނުވާކަމުގެ ޔަޤީންކަން އެޗްޕީއޭއިން ވަނި ދީފައެވެ.

ރާއްޖެއިން އަދި މިހާތަނަށް މި ބަލި ޖެހިފައިވާ މީހަކު ފެނިފައިނުވިޔަސް ޗައިނާ އަށް ދަތުރުކުރުމަށް ފަހު އަނބުރާ ރާއްޖެއައި ބައެއް މީހުން އެކަހެރިކޮށް އެ މީހުންގެ ޓެސްޓުތައް ވަނީ ހަދާފައެވެ. ކޮރޯނާ ފެތުރެމުންދާތީ، ޢާންމުން ހޭލުންތެރި ކުރުމުގެ އިތުުރުން ރާއްޖެއިން މި ވައިރަސް ޖެހިފާ މީހަކު ފެނިއްޖެ ޙާލަތެއްގައި ކަމާއި ބެހޭ ފަރާތްތަކުން ކަންކުރާނެ މިޞްރާބު ހާމަކޮށްދިނުމުގެ ގޮތުން އަންގާރަ ދުވަހު ވަނީ ޑްރިލްއެއްވެސް ބާއްވާފައެވެ.

Advertisement

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ކޮވިޑް-19 އަށް އައިޖީއެމްއެޗްގައި ޓެސްޓް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ކޮރޯނާއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އެެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ، އެއަރޕޯޓުގައި ތާމަލް ކެމެރާ ބެހެއްޓުމެވެ. އެއަށް ފަހު ޗައިނާއިން ސީދާ ރާއްޖެ ދަތުރުކުރާ ފްލައިޓުތައް ވަގުތީ ގޮތުން ވަނީ މެދު ކަނޑާލާފައެވެ. އަދި ރާއްޖެއަށް އަންނަ ކްރޫސް ލައިނަރަތައް ވެސް ރާއްޖެ އެތެރެމުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވުހާން ސިޓީން ފެތުރެން ފެށި ކޮވިޑް-19 90،000 އަށް ވުރެ ގިނަ މީހަކަށް ޖެހި، 3000 އާއި ގާތްކުރާ ޢަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް