Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 21:18
މަޖިލީހުގެ އިގްތިޞާދީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
މަޖިލީހުގެ އިގްތިޞާދީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
މިނިމަމް ވޭޖް
މިނިމަމް ވޭޖް ބޯޑު ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި
މިނިމަމް ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 6،400ރ
މިނިމަމް ވޭޖާ ގުޅޭ ހާއްސަ ފޯރަމެއް މަޖިލީހުގެ އިދާރާގައި ބުދަ ދުވަހުގެ ރޭ އޮންނާނެ
މިމަހުގެ 11 ގެ ކުރިން އިގްތިޞާދީ ކޮމެޓީން ރިޕޯޓް ދިރާސާކޮށް ނިންމާ، މަޖިލީހުގެ ތަޅުމަށް ފޮނުވާނެ

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން އެކުލަވާލި ރިޕޯޓާ ގުޅިގެން މަޝްވަރާކުރަން ބޭނުންވާ ބައެއްކަންކަން ހުރުމުން މިނިމަމް ވޭޖް ބޯޑު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފިއެވެ.

މިނިމަމް ވޭޖް ބޯޑަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ ބެލުމުގެ ދަށުން ހިނގާ ބޯޑެކެވެ. އަދި މިނިމަމް ވޭޖް ރިޕޯޓް އެކުލަވާލުމަށްފަހު، އެ ބޯޑުން ރިޕޯޓް ހަވާލު ކުރައްވާފައިވަނީ ވެސް އިކޮނިމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް އަށެވެ.

މިނިމަމް ވޭޖް ރިޕޯޓް ލިބުމާއެކު މިނިސްޓަރު ފައްޔާޒު ވަނީ އެ ރިޕޯޓާމެދު މަޖިލީހުން ދެކޭގޮތެއް ބެލުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ. އެގޮތުން އެރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދަނީ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީންނެވެ.

އިގްތިޞާދީ ކޮމެޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލް މުޢުނީ ހުށަހެޅުއްވީ އެ ރިޕޯޓާ ގުޅިގެން އެކި ސިނާއަތްތަކުގެ ބޭފުޅުންނާ ބައްދަލުކުރަމަށެވެ. ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވި، ވީހާވެސް އަވަހަކަށް މިނިމަމް ވޭޖް ބޯޑާ ބައްދަލު ކުރަމަށެވެ. އަދި އިތުރު ބަޔަކާ ބައްދަލު ކުރާނަމަ އެއަށް ފަހު އެކަމާ މެދު ގޮތެއް ނިންމުމަށެވެ.

Advertisement

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމް ހުށަހެއްޅުއްވީ، މިނިމަމް ވޭޖުގެ ގޮތުގައި 10،000 ރުފިޔާ ކަނޑައެޅުމަށެވެ. ހުރިހާ ހުށަހެޅުމަކަށްފަހު، ކޮމެޓީން ފާސްކޮށްފައިވަނީ ފުރަތަމަ މިނިމަމް ވޭޖް ބޯޑު ކޮމެޓީއަށް ހާޒިރުކޮށް، މައުލޫމާތު އޮޅުންފިލުވުމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ އެންމެކުޑަ އުޖޫރައާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް ހާއްސަ ފޯރަމެއް ބޭއްވުމަށް ނިންމާފަ އެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ 08:15 އިން 10:30 އަށް މަޖިލީހުގެ އިދާރާގައި އެ ފޯރަމް ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން ލަފާ ދެއްވާފައިވަނީ 6،400ރ އެވެ. މީގެއިތުރުން ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ-8،600ރ އާދެމެދުގެ އަދަދެއް ކަނޑައެޅުމަށް ބޯޑުން ލަފާދީފައިވެ އެވެ.

އެންމެ ކުޑަ އުޖޫރައާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓާ މެދު މި މަހުގެ 11 ގެ ކުރިން ގޮތެއް ނިންމަން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ހޯމަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުުމުގައި ވަނީ ނިންމާފަ އެވެ. އެރިޕޯޓާ މެދު ކޮމެޓީން ގޮތެއް ނިންމުމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. މަޖިލީހުގެ ނިންމުމަކަށް ވާނީ މަޖިލީހުގެ ތަޅުމުން ނިންމާ ނިންމުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް