ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 21:30
މިއީ ގެސްޓް ހައުސް ވިޔަފާރިއަށް ހާއްސަކޮށް ނެރެވޭ ހަމައެކަނި މެގެޒިން
މިއީ ގެސްޓް ހައުސް ވިޔަފާރިއަށް ހާއްސަކޮށް ނެރެވޭ ހަމައެކަނި މެގެޒިން
ގެސްޓްހައުސް މެގަޒިން
އޯކާ މީޑިޔާ
ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގެ 6 ވަނަ އެޑިޝަންއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި
މި މަޖައްލާގެ މަގުސަދަކީ ރާއްޖޭގެ ހުރިހާ ގެސްޓްހައުސް ވިޔަފާރިތަކުގެ މައުލޫމާތު ފޯރުކޮށްދިނުން
ލޯކަލް އައިލެންޑް ޓޫރިޒަމްގެ 5،000 ވުރެން ގިނަ ކޮޕީ ފޯރުކޮށްދެވޭނެ
މަޖައްލާގައި މައުލޫމާތު ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލާފައިވަނީ މުޅިން ހިލޭ

އޯކާ މީޑިޔާ ގުރޫޕްގެ ލޯކަލް އައިލަންޑް ޓޫރިޒަމް މެގަޒިންގެ 6 ވަނަ އެޑިޝަންއަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ދިވެހި ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށްގެން ނެރޭ ހަމައެކަނި މަޖައްލާއެކެވެ. 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި މަޖައްލާ ނެރެފައިވާއިރު، ކުރިން ނެރެވިފައިވަނީ ގެސްޓްހައުސް މޯލްޑިވްސްގެ ނަމުގައެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ގެސްޓްހައުސްތަކަށް މި މަޖައްލާގައި ހިލޭ މައުލޫމާތު ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މަގުސަދަކީ ރާއްޖޭގެ ހުރިހާ ގެސްޓް ހައުސް ވިޔަފާރިތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި ގެސްޓް ހައުސް ވިޔަފާރި ރާއްޖޭގައި ކުރިއެރުވުމެވެ.

ލޯކަލް އައިލަންޑް ޓޫރިޒަމް މަޖައްލާގެ ޖުމްލަ 5،000 ވުރެން ގިނަ ކޮޕީ ފަތުރުވެރިކަމާ ގުޅުން ހުރި ގިނަ ދާއިރާތަކަށް ފޯރުކޮށްދެވޭނެ އެވެ. މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އިން ވަނީ މި މަޖައްލާ އެންޑޯސްކޮށްފައެވެ. އަދި ގެސްޓް ހައުސްތައް ކުރިއެރުވުމަށް އެމްއެމްޕީއާރުސީން ބައިވެރިވާ ފެއާތަކުގައި، ގެސްޓް ހައުސް ވިޔަފާރި އިޝްތިހާރު ކުރުމަށް މި މަޖައްލާ ބޭނުންކުރާނެއެވެ.

މިވަގުތު ރާއްޖޭގައި 600 އަށް ވުރެ ގިނަ ގެސްޓް ހައުސް ރަޖިސްޓަރ ކުރެވިފައިވާއިރު، ގެސްޓް ހައުސް ވިޔާފާރި ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި ތައާރަފުކޮށް ކުރިއެރުވުމަކީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭއިން ވައުދެކެވެ.

- ކޮމެންޓް