Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 17:32
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ޕްރޮކިއުމަންޓް ޕޮލިސީ
ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފައްދަވާ މެމްބަރުން އައްޔަން ކުރައްވައިފި
23 ފެބްރުއަރީގައި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު މެމްބަރުން ވަނީ އައްޔަންކޮށްފައި
މިނިޒާމު އިތުރަށް ހަރުދަނާކުރެވިގެންދާނެ
ސިޔާސަތުތައް ވަނީ އެކުލަވާލެވިފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފައްދަވާ މެމްބަރުން އައްޔަން ކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކޮށް ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތައް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިނިޒާމުގެ އެންމެހައި ކަންކަން ތަންފީޒު ކުރުމަށްޓަކައި 23 ފެބުރުއަރީ 2020 ގައި ރައީސުލްޖުމްހޫރިއްޔާ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފައްދަވާ މެމްބަރުން އައްޔަން ކުރައްވާ ކަމަށެވެ.

Advertisement

މިބޯޑްގައި 07 މެމްބަރުން ތިއްބަވާއިރު، ޗެއަރޕާސަންއަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ އަހުމަދު ޝަރީފް، އަޖްވަދު މުސްތަފާ، އިބްރާހިމް ނައީމް، ޑރ.އިބްރާހިމް މުހައްމަދު އާދިލް، ޝިފާޒު އަލީ އަދި ޝުހާދު އިބްރާހިމްއެވެ.

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ދަށުން މިނިޒާމު އިތުރަށް ހަރުދަނާ ކުރެވިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް