Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 21:51
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
ކޮވިޑް 19
ކޮވިޑް-19 އަށް ތަހުލީލުކުރަނީ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް: އައިޖީއެމްއެޗް
ޓެސްޓުކުރުމަށް ގެނެވޭ ސާމްޕަލް ބެލެވޭނީ ގެއްލުމެއް ކުރިމަތިވެދާނެ އެއްޗެއް ގޮތަށް
ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހުރިހާ ފިޔަވަޅެއް ވަނީ އެޅިފައި
މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދޭނެ

ކޮވިޑް19 ނުވަތަ ކޮރޯނާވައިރަސްގެ ސާމްޕަލް އައިޖީއެމްއެޗްގައި ތަހުލީލުކުރަނީ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ އެހޮސްޕިޓަލްގެ ލެބޯޓަރީއަށް ތަހުލީލު ކުރުމަށް ގެނެވޭ ސާމްޕަލްތަކަކީ ކޮންމެ ވައްތަރެއްގެ ސާމްޕަލްތަކެއް ކަމުގައި ވީނަމަވެސް އެ ސާމްޕަލް ތަކާއި މެދު ދެކެވޭނީ އަދި އަމަލު ކުރެވޭނީ އެއީ އިންސާނުންނަށް ގެއްލުމެއް ކުރިމަތިވެދާނެ އެއްޗެއް ކަމަށް ބަލައިގެންނެވެ.

އައިޖީއެމްއެޗުން ބުނީ ނުރައްކާތެރި، ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލެއް ތަހުލީލު ކުރިނަމަވެސް މިތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައިވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެހޮސްޕިޓަލުގެ ލެބޯޓަރީގައިވެސް، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާއި ސްޓޭންޑަރޑް ޕްރެކްޓިސް އާއި ޕްރޮޓޮކޯލްތަކާއި އެއްގޮތަށް އެޅިފައިވާ ކަމަށެވެ.

Advertisement

އެގޮތުން ކޮވިޑް19ގެ ސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައި ވެސް އަމަލުކުރަމުންދަނީ ޑަބްލިއުއެޗްއޯ އާއި ކަމާބެހޭ ފަރާތްތަކުން މިކަމަށް އެކަށައަޅާފައިވާ ޚާއްސަ ޕްރޮޓޮކޯލްތަކާއި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއާ ޕްރޮވައިޑަރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެން.އޭ.ބީ.އެލް)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

އައިޖީއެމްއެޗުން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަބަދުވެސް ޚާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް