Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 21:07
މަސްވެރިކަން ކުރަނީ
މަސްވެރިކަން ކުރަނީ
ފިޝަރީސް މިނިސްޓްރީ
ރައްޔިތުންގެ މަޖިލިސް
މާނަގަލާގައި އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތަކާއި އެން އާލާކުރަނީ
ބޭރުގެ ބާޒާރުގައި ޑިމާންޑް އޮތް އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތައް އާލާކުރުމަށް ހަމަޖެހިފައިވޭ
އެމުގެ ބާވަތްތަކުގެ އިތުރުން ހުއިފިލަނޑާ އާލާ ކުރުމަށްވެސް ވަނީ ރާވާފައި
މިހާރު އެންވެރިކަން ދަށް ކަމުގެ ޝަކުވާތައް މަސްވެރިން އަންނަނީ ކުރަމުން

ގއ. މާނަގަލާގައި މަލްޓި ސްޕީޝީސް ހެޗަރީއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މިތަނުގައި އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތަކާއި އެން އާލާކުރަމުންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ރާއްޖޭގައި އެންވެރިކަން އަމިއްލައަށް އުފެއްދޭނެ ގޮތުގެ އެއްވެސް ވިސްނުމެއް ގެންގުޅުއްވަންތޯ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް އެން ހޯދުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް އެން އާލާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

މިހެޗަރީގައި ރާއްޖެއަށް ބޭނުންވާ އަދި ބޭރުގެ ބާޒާރުގައި ޑިމާންޑް އޮތް އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތައް އާލާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެހެންކަމުން މިހެޗަރީގައި އެމުގެ ގޮތުގައި ބޭނުންކުރެވޭނެ ބާވަތްތައް އަދި ކޮމާޝަލް ސްކޭލްގައި އެކުއަރ ކަލްޗަރ ކުރެވޭނެ އެމުގެ ބާވަތްތައް އާލާކުރުމަށް ވަނީ ޕްލޭން ކުރެވިފައި. އެން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ވަކި މަސްވެރިކަމެއްގެ ގޮތުގައި އެންވެރިކަން ތަރައްޤީ ކުރުމަކީވެސް މިހާރުގެ ވިސްނުމެއް. މިއީވެސް ސްޓްރީޖިކް އެކްޝަން ޕްލޭންގައި އޮތް ކަމެއް. މީގެއިތުރުން މިހާރުން މިހާރަށް ހުރި އެންވެރިކަން ކުރާ މުހިންމު ސަރަހައްދުތައް މަސްވެރިންނަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ރައްކާކުރެވޭނެ ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވޭ.
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މާނާގަލާގައި ގާއިމް ކުރާ ހެޗަރީގައި އާލާކުރާނެ މައިގަނޑު ބާވަތަކީ ފާނައެވެ. އޭގެ އިތުރުން ހުއިފި ލަނޑާވެސް އާލާ ކުރާނެ އެވެ.

އެންވެރިކަން ދަށަށް ދިއުމުގެ ޝަކުވާތަކާއި އެން ހޯދަން ގިނަ އިރު ދަތުރުކުރަން ޖެހޭ ކަމުގެ ޝަކުވާތައް މަސްވެރިންކަން ކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. އަދި ކުރިން އެން ހޯދަން ނިކުންނަ ސަރަހައްދުތަކުން މިހާރު އެއްވެސް ވަރަކަށް އެން ނުލިބޭ ކަމަށް ބުނެ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް