Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 19:01
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު
ރާއްޖެއެމްވީ
އައްޑޫ ސިޓީ
އިގްތިސާދު ރަނގަޅުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: އައްޑޫ ސިޓީ މޭޔަރު
ދަނޑުވެރިކަމަށް ޚާއްސަ ޕްރޮގްރާމެއް ފެށިގެންދާނެ
މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން
ގެސްޓްހައުސްގެ ޕްރޮގްރާމް މިހާރު ވަނީ ފެށިފައި

އައްޑޫ ސިޓީ ކައުންސިލުން ސަރުކާރާ ގުޅިގެން އިގްތިސާދު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މޭޔަރު ސޯދިގު ވިދާޅުވީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ގުޅިގެން މިހާރު ވެސް ގިނަ ޕްރޮޖެކްޓްތަކެއް އައްޑޫގެ ތަރައްގީއަށް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އާންމު ޚިދުމަތާއި އާންމުކޮށް ރައްޔިތުންނަށް ދަތިވާ ކަންކަމުގެ އިތުރުން ރަށުގެ ބަނދަރު ހެދުމާއި މަގު ހެދުމުގެ މަސައްކަތައް ކުރިއަށްދާ ކަމަށެވެ. އަދި އިގްތިސާދީ ކަންކަމަށް ފަހިވާ ގޮތަށް އިގްތިސާދު ރަނގަޅުކުރުމަށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސޯދިގު ވިދާޅުވިއެވެ.

Advertisement

އޭގެއިތުރުން ދާދި އަވަހަށް ދަނޑުވެރިންނަށް ޚާއްސަކޮށްގެން ދަނޑުވެރި ޕްރޮގްރާމެއް ކުރިއަށް ގެންދާނެކަން ސޯދިގު ފާހަގަކުރެއްވިއެވެ.

އެހެންވީމަ އަޅުގަނޑުމެންގެ ފޯކަސް މިހުރީ ހަމައެކަނި އިންފްރާސްރަކްޗަރ ޑިވަލޮޕްމެންޓަކަށް އެކަންޏެއް ނޫން.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު

ގެސްޓްހައުސްގެ މަޝްރޫއަށް އަލިއަޅުއްވާލައްވާ ސޯދިގު ވިދާޅުވީ ސިޓީ ކައުންސިލްއާ ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ގެސްޓްހައުސްގެ ޕްރޮގްރާމް މިހާރު ފަށާފައިވާ ކަމަށެވެ. ގެސްޓްހައުސް އެޅުމަށްޓަކައި ބިން ދޫކުރުމަށް އިއުލާން ކުރެވިފައިވާ ކަމަށް ސޯދިގު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެސަރަހައްދުތަކުގެ ލޭންޑް ސްކޭޕް ކުރުމަށް ސިޓީ ކައުންސިލުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް