Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 19:32
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މެމްބަރުންގެ ނުރުހުމާއެކުވެސް މަޖިލީހުގެ ރައީސް އޭ ރިޕޯޓް ދެއްވި ދެވަނަ ވަޒީރަކަށް ޒަހާ
ޔޫރަޕިއަން ޔުނިއަނުން ރާއްޖެއިން މަސް ނުގަންނަ ހިސާބުގައި އޮއްވާ އެކަން ބަދަލުކުރެއްވީ މިނިސްޓަރ ކަމަށް ނަޝީދު ވިދާޅުވި

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އިސްތިއުފާ ދެއްވުމަށް އެމްޑީޕީ މެމްބަރުން ގޮވާލައްވާފައި ވަނިކޮށް، އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭ ރިޕޯޓް ދެއްވައިފި އެވެ.

މިއީ މަޖިލީހުގެ ރައީސް އޭ ރިޕޯޓް ދެއްވި ދެވަނަ ވަޒީރެވެ. މީގެކުރިން ރައީސް ނަޝީދު އޭ ރިޕޯޓް ދެއްވާފައިވަނީ އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ އަށެވެ.

Advertisement

އެމްއާރުއެމްގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރ ކަމުގައި ހުންނެވި ޒަހާ އަށް ރައީސް ނަޝީދު އޭ ރިޕޯޓް ދެއްވާފައި މިވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން މެމްބަރުން ކުރައްވަމުން ގެންދެވި ސުވާލުތަކަށް މިނިސްޓަރ ޖަވާބު ދެއްވުމުންނެވެ.

އެގޮތުން ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހިމް ނަސީމަށް ސުވާލު ކުރައްވަން ލިބުނު ފުރުސަތުގައި ދިއްފުށީ ބޮއި ކަނޑައިގެންގޮސްފައި ވާތީ އެކަން މީގެ ކުރިން މިނިސްޓަރު ޒަހާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ބޮއި އަލުން އަޅަން ކިހާ ދުވަހެއް ނަގާނެތޯ ނަސީމް ސުވާލު ކުރެއްވި އެވެ.

ދިއްފުށި ބޮއި މިއަދު ހެނދުނު އަޅާ ނިމިއްޖެ.
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިނިސްޓަރ ޖަވާބު ދެއްވުމުން ބައެއް މެމްބަރުން މިނިސްޓަރަށް ސާބަސްދެއްވާ އަތްތިލަ ބަޑި ވަނީ ޖައްސަވާފަ އެވެ. އަދި މަޖިލީހުގެ ރައީސް ވަނީ މިނިސްޓަރުގެ މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ.

ރިޕޯޓް ކާޑުގައި ޖަހަންވެއްޖެ ނަމަ އަޅުގަނޑު ހިތުން އޭ އަކަށް އިއްޒަތްތެރި ވަޒީރު ވަޑައިގެންފި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މީގެއިތުުރން ޒަހާ މަގާމަށް ވަޑައިގެންނެވި އިރު ޔޫރަޕިއަން ޔުނިއަނުން ރާއްޖެއިން މަސް ނުގަންނަ ހިސާބުގައި ރާއްޖެ އޮތްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެހެންނަމަވެސް މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ އެކަމަށްޓަކައި މިނިސްޓަރަށް މަރުހަބާ ދަންނަވާފަ އެވެ.

އެންމެފަހުން ފިޝަރީޒް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރެވުނު ދުވަހު މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހެދި ލަސްވަމުންދާތީ އާއި މަސްވެރިކަމަށް ހުޅުވާލުމުގައި ލަސްތަކެއް އުޅޭތީ ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އަދި މިފަހުން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވަނީ ޖަލްސާއެއްގެ ތެރޭގައި ވާހަކަދައްވަމުން ޒަހާ އިސްތިޢުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.

މިފަހުން މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީގެ މެމްބަރުން ވާހަކަ ދައްކަވަމުން ގެންދަވާއިރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ ވަޒީރުންގެ މަސައްކަތުގެ ސްޕީޑް ލަސްކަން ފާހަގަކޮށް އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް