Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 21:30
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޭދޮށު މަސް ޕްލާންޓްތައް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން: ޒަހާ
ސިޓީ ކައުންސިލު ތަކަށް ސީދާ ޓެންޑަރ ކުުރުމަށް ހުޅުވާލުމަށް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވި
މިއަހަރު ތެރޭގައި މ. އަތޮޅުގައި މިފަދަ ޕްލާންޓެއް ގާއިމުކުރުމަށް ހުޅުވާލެވޭނެ

ގޭދޮށު މަސް ޕްލާންޓްތައް އިތުރަށް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ގޭދޮށު މަސްޕްލާންޓް ގާއިމުކުރުމުގެ ކަންކަން ގޮސްފައިވާ ހިސާބާގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޒަހާ ވިދާޅުވީ މަސްވެރި ރަށްރަށަށާއި ސަރަހައްދުތަކުގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމަށް މިހާރު ވަނީ އަމަލީ މަސައްކަތް ފެށިފައި ކަމަށެވެ. ގޭދޮށު މަސް ޕްލާންޓްގެ ކޮންސެޕްޓް ކަރުދާހެއް މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށް އޭގެ މައްޗަށް ބިނާކޮށް ލާމަރުކަޒު ކުރުމުގެ ވިސްނުމާ އެއްގޮތަށް ސިޓީ ކައުންސިލު ތަކަށް ސީދާ ޓެންޑަރ ކުުރުމަށް ހުޅުވާލުމަށް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިޔާގެ އެހީގައި އައްޑޫ ގެ ތިން ރަށެއްގައި ގޭދޮށު މަސްޕްލާންޓް ގާއިމުކުރުމަށް ޓެންޑަރަށް ހުޅުވާލުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މިހާރު ދަނީ ތައްޔާރީތައް ވަމުން. މިކަމުގައި އައްޑޫ ސިޓީގެ ކައުންސިލަށް މިނިސްޓްރީގެ ފަރާތުން މިއަންނަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން. އަދި މިފަދަ އެހެން ގޭދޮށު މަސްޕްލާންޓްތައް ގާއިމުކުރުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން މިއަންނަނީ ކުރަމުން.
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ މިފަދަ އެހެން ޕްލާންޓްތަކަށް ފަންޑު ކުރުމަށް އޭޑީބީގެ ފަރާތުންވަނީ ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ. މިއަހަރު ތެރޭގައި މ. އަތޮޅުގައި މިފަދަ ޕްލާންޓެއް ގާއިމުކުރުމަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިތުރު ޕްލާންޓްތަކަށް ފައިނޭންސް ކަށަވަރުކުރެވުމާއެކު އިއުލާން ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގޭދޮށު މަސްޕްލާންޓް ގާއިމުކުރުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގެ ދަށުން ވެފައިވާ ވައުދަކަށްވެފައިވާއިރު އެންމެ ފަހުން މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ ޤާނޫނުގައިވެސް ގޭދޮށު މަސްޕްލާންޓް ގާއިމުކުރުމުގެ ކަންކަން ވަނީ ހިމަނާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް