Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 19:31
ވެރިރަށް މާލޭގެ މަތިން ނަގާފައިވާ މަންޒަރެއް
ވެރިރަށް މާލޭގެ މަތިން ނަގާފައިވާ މަންޒަރެއް
ރާއްޖެ އެމްވީ
ކުލި ކޮންޓްރޯލް ކުރުން
ކުލި ކޮންޓްރޯލްކުރަން ގޮވާލާ ޕެޓިޝަން މަޖިލީހަށް ހުށައަޅައިފި
800 މީހުން ވަނީ ޕެޓިޝަންގައި ސޮއިކޮށްފައި
ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައި
މަޖިލީސް މެމްބަރެއްގެ ހައިސިއްޔަތުން ސޮއިކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

800 އަށް ވުރެ ގިނަ މީހުންގެ ސޮއާއެކު މާލޭގެ ކުލި ކޮންޓްރޯލު ކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

އެ ޕެޓިޝަނަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް ހާއްސަކޮށް އުފެއްދުމަށް މަސައްކަތްކުރި މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން އިސްނަގައިގެން މަސައްކަތް ކުރި ޕެޓިޝަނެކެވެ. މި ޕެޓިޝަންގައި މަޖިލީސް މެމްބަރެއްގެ ގޮތުގައި ސޮއިކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއެވެ. އެމްޓީޔޫ އިން ބުނީ، ޕެޓިޝަންގައި ސޮއެކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ އެ ޔޫނިއަނުން ރާވައިގެން ކޮންމެ ހަފްތާގެ ބަންދެއްގައެވެ.

Advertisement

މަޖީލިހަށް ހުށައެޅި ޕެޓިޝަންގައި ކުލީގެ މައްސަަލަ އަށް އެކަށީގެންވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި ހައްލު ކުރުމަށް މަޖިލީހުންނާއި ސަރުކާރުން މަސައްކަތް ނުކުރާކަން ފާހަގަކުރުމާއި އެކު މައްސަލަ އަކީ މަޖިލީހުންނާއި ސަރުކާރުން ވަގުތުން ވަގުތަށްވެސް ސީރިޔަސް މައްސަލައެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

މާލޭ ޓެނަންޓްސް ޔޫނިއަންއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލިދައްކާ މީހުންގެ ޔޫނިއަން އެކެވެ. މިއީ މާލޭގައި ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންގެ ވޭނާއި ތުރާތަށް ހިއްސާކުރުމަށާއި، އަދި ކުއްޔަށް ދިރިއުޅެ މީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން އުފެދިފައިވާ ޖަމިއްޔާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
28 މާރޗް 2020 | ހޮނިހިރު 15:51
ކޮވިޑް
ލޯންފަސްވެއްޖެ ބުނެފަ ކުލި ކުޑަކޮށްދީ ބުނީމަ ހަމަ ނުޖެހޭ، ލޯން ފަސްވެއްޖެ ދެން ކުލި ނުވަތަ ކުލިން ބައެއްވިޔަށް ފަސްކޮށްދީ މިހެން ބުނުން މާރަނގަޅެވެ. ސަބަބަކީ ގިނަމީހުން ކުއްޔަށް އުޅޭތަންތަނަކީ ގޭވެރިފަރާތް ނޫން ފަރާތަކުން ފައިސާ ހަރަދު ކޮށްގެން ދިގުމުއްދަތަކަށް ހަދައިގެން ކުއްޔަށް ދީފައިވާ ތަންނަށް ވާއިރު، ސަރުކާރުގެ ހައުސިން ލޯން ފަސްކޮށްދިނަސް އަމިލައަށް އިންވެސްޓުކޮށް ގެ ހެދިފަރާތަށް ލުޔެއް ނުލިބެނީސް ކުލި ކުޑަކޮށްދެވޭނީ ކިހިނެއްތޯ؟