Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 17:26
މަސްވެރިކަމަށް ނިކުމެ އުޅޭ ދޯންޏެއް
މަސްވެރިކަމަށް ނިކުމެ އުޅޭ ދޯންޏެއް
އެމްއެންޑީއެފް
ރައްޔިތުންގެ މަޖިލިސް
ބެޔަސް ނުބެޔަސް ލިބޭ 10،000 ރުފިޔާ ލިބުނީ އެންމެ ދޯންޏަކަށް
އެއީ މިސަރުކާރުގެ ސިޔާސަތެއް ނޫން
ފައިސާ ލިބިފައިވަނީ ށ އަތޮޅަށް ނިސްބަތްވާ ދޯންޏަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ބެޔަސް ނުބެއަސް މަސްވެރިންނަށް ދިނުމަށް ކަނޑައެޅި 10،000 ރުފިޔާ ލިބިފައިވަނީ އެންމެ ދޯންޏަކަށް ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ޢަބްދުލްމުޣުނީ ވަނީ ބެޔަސް ނުބެއަސް ސްކީމްގެ ދަށުން ފައިސާ ލިބުނީ ކިތައް މަސްވެރިންނަށްތޯ މިނިސްޓަރ އަރިހުން ސުވާލުކުރައްވާފަ އެވެ. އެސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެސްކީމްގެ ދަށުން ފައިސާ ލިބިފައިވަނީ އެންމެ ދޯންޏަކަށް ކަމަށެވެ.

ބެޔަސް ނުބެޔަސް ދެވިފައި ވަނީ އެންމެ އުޅަނދަކަށް. އެއީކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެހެންކަމުން އަޅުގަނޑުމެން އެކަމެއް ތަންފީޒެއް ނުކުރަން
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިނިސްޓަރ އެގޮތަށް ޖަވާބު ދެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ،ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ ކޮންދޯންޏެއްތޯ އެނގިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވަނީ ސުވާލުކުރެއްވުމުގެ ފުރުސަތު ހޯއްދަވާ އެއީ ކޮން ދޯންޏެއްތޯ އާއި އެކަން ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިވާކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހަށް މިއަދު އައީ އެ މައުލޫމާތު ސާފުކޮށްގެން ނޫން. އެއީ ށ. އަތޮޅަށް ނިސްބަސްވާ ދޯންޏެއް
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

ބެޔަސް ނުބެޔަސް އަކީ، މަސްވެރިކަން ދަށް މޫސުމުގައި ނުވަތަ މޫސުން ގޯސްވެގެން މަހަށް ނުދެވޭ ދުވަސްވަރު، މަސްވެރިންނަށް އާމްދަނީގެ ގޮތުގައި ފައިސާ ލިބޭނެ ގޮތަށް އެކަށައަޅާފައިވާ ސްކީމެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ނެރުއްވި މެނިފެސްޓޯގައި މިކަން ހިމެނެއެވެ. މިވައުދު އެކަށީގެންވާ މިންވަރެއްގައި ފުއްދިފައިނުވާތީ އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން މީގެކުރިން ވަނީ އަމާޒުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
3 މާރޗް 2020 | އަންގާރަ 04:50
ށ.މީހާ
ށ.ފުނަޫ ދާއިރާގެ ކުރީގެ މެމްބަރު ދޯނި އުތަ؟؟