ކ. މާލެ
|
2 މާރޗް 2020 | ހޯމަ 16:50
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އައްޑޫ ސިޓީ ކައުންސިލް
ްއައްޑޫ ސިޓީ
އައްޑޫގައި ބީޗްތައް ހެދުމަށް ކުންފުންޏަކާ ހަވާލުކޮށްފި
ބީޗް ހެދުމަށް އެންމެ އެކަށީގެންވާ ސައިޒު ކަނޑައަޅާނެ
ބީޗް ޑިޒައިންކުރުމުގެ މަސައްކަތް ވެސް ކުރާނެ
މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 922،200 ރުފިޔާ

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ބީޗްތައް ހެދުމަށް އެންމެ އެކަށޭނެ ސަރަހައްދުތައް ހޯދުމަށް އޮޕްޝަންސް އެނަލިސިސްއެއް ހެދުމާއި، އަދި ޚިޔާރުކުރެވޭ ސަރަހައްދުތަކާއި ބީޗްހެދުމަށާއި ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދުގެ އެންވަޔަރަންމަންޓް އެސެސްމަންޓް (އީއައިއޭ) ހަދައި ބީޗް ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި އޮމްނި ސޮލިއުޝަންސް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރ، މުހައްމަދު ޔަސްރިފް އެވެ. އަދި އޮމްނި ސޮލިއުޝަންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުހައްމަދު ރިއާޟް އެވެ.

މިއެއްބަސްވުމުގެ ދަށުން ގައުކެނޑި ބްރިޖް ސަރަހައްދުގައި 200 މީޓަރުގެ ބީޗަކާއި އައްޑޫ ސިޓީގެ މީދޫ، ހުޅުދޫ އަދި ހިތަދޫގެ އިތުރުން ފޭދޫގެ ޓުއަރިޒަމް ޒޯނުތަކުގައި ބީޗްތައް ހެދުމަށް، އެސަރަހައްދުތަކުގައި އޮޕްޝަންސް އެނަލިސިސްއެއް ހެދޭނެއެވެ. އަދި މިމަރުހަލާއިން ޚިޔާރުކުރެވޭ ސަރަހައްދުތަކާއި ބީޗް ހެދުމަށާއި ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދުގެ އީއައިއޭ ހެދުމާއި، ފޭދޫ ސްވިމިންގ ޓްރެކް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދު ފުން ކުރުމަށް އެސަރަހައްދުގެ އީއައިއޭވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބީޗް ހެދުމަށް އެންމެ އެކަށީގެންވާ ސައިޒު ކަނޑައަޅައި ބީޗް ޑިޒައިންކުރުމުގެ މަސައްކަތްވެސް މިއެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 922،200ރ. (ނުވަލައްކަ ބާވީސްހާސް ދުއިސައްތަ ރުފިޔާ) އެވެ.

- ކޮމެންޓް
5 މާރޗް 2020 | ބުރާސްފަތި 13:43
އެމްއެނަ
ރާއްޖެ އަކީ ޖަޒީރާ ފީންޏަކުން އު ފެދި ފައިވާ ގައުމަކަށް ވީހިނދު ޖާޒީރާއެއްގެ ޚައްސަ ސި ފަތަށް އެންމެ ރަނގަޅަށް ދައްކުވާދެނީ ރާއްޖޭގެ ރައްރަށުންނެވެ. އެގޮތުން ރަށެއްގެ އެއްމެ މުހިންމު އަދި އެއްމެ އަގުބޮޑު ރައުސުލްމާލަކީ ރަށް ރަށް ޒީނަތްތެރި ކޮށްދޭ ގޮނޑުދޮށްތައް އެތަކެއްޗަކުން އު ފެދި ފާހުންނަ ހުދު ދޮންވެއްޔާއި، ވަރަށް ތަރުތީބުކޮށް އަރާ ފަހުންނަ އެކި ސައިޒް ގެ އަކިރިތަކާއި ، ނިކަން އޮމާންކޮށް ހުންނަ ހަތާ ފޮތިތަކެވެ. އަދި އެޔާއި ޖެގެން އޮންނަ ނަލަނަލަ މޫދެވެ. ތަރައްގީގެ ނަމުގާ މިދެންނެވި ތަކެތި ކޮންކްރީޓް ތަޅުމެއްގެ ދަށަށް ގެއްލުވާލުމަކީ ޖަޒީރާތަކަށް ކުރާ އަނިޔާއެއް ބޮޑުވެގެންވާ ގެއްލުމް! އައްޑުއަށް އިތުރަށް މިއަނިޔާ ނުދީ، އެއަތޮޅުގައި ދޮންވެލީންނާއި، އަކިރީންނައި ހަތާއިން ހެދި ފާ ހުރި ގޮނޑުތައް ހިމާޔަށް ކޮށްދީ.