Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 16:54
މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު
މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީގެ އަންހެނުންގެ ރޫހު
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން "ރަށްވެހި ފެސްޓިވަލް"އެއް ބާއްވަނީ
މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވާނެ
މިފެސްޓިވަލް އޮންނާނީ ވިލިމާލޭގައި މިމަހުގެ 8 ވަނަ ދުވަހު
އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހުރިހާ އަންހެނުން ކަނބަލުން ބައިވެރިވުމަށް އެމްޑީޕީން އެދޭ

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު، "ރަށްވެހި ފަތިސް" ކެމްޕެއިންއާ ގުޅުވާލައިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން "ރަށްވެހި ފެސްޓިވަލް" އެއް ބޭއްވުމަށް ނިންމަވައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމެޓީގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ މައުލޫމާތު ދެއްވުމަށް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން މައި އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މިކަން ހާމަކުރެއްވީ އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުއެވެ.

Advertisement

ޝިފާ ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށްވާ މަރޗު 8 ވަނަ ދުވަހު ވިލިމާލޭގައި ހާއްސަ އިވެންޓެއްގެ ގޮތުގައި އަންހެނުންގެ ކޮންފަރެންސެއް އޮންނާނެ ކަމަށާއި އެއީ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ހަރަކާތުގެ ތެރެއިން ހިންގާ "ރަށްވެހި ފެސްޓިވަލް" އެއް ކަމަށެވެ.

ޕާޓީގެ ހުރިހާ ގުނަވަންތަކާ ގުޅިގެން އަޅުގަނޑުމެން މިއިވެންޓް އޮގަނައިޒް ކުރަނީ. ގާތްގަނޑަކަށް މުޅި ވިލިމާލޭގެ އެއްފަޅި ނަގައިގެން ހިންގާނެ އެންމެ މުހިއްމު އެއް ހަރަކާތަކީ އަންހެނުންގެ ކޮންފަރެންސް.
މާލެ ސިޓީ މޭޔަރު އަދި އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސް ޝިފާ މުހައްމަދު

ޝިފާ ވިދާޅުވީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު، އެމްޑީޕީގެ އަންހެނުންގެ ރޫހުން ކުރި މަސައްކަތްތަކީ ގައުމު ބަލައިގަނެފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތްތަކަކީ ގައުމިއްޔަތެއް ބިނާކުރުމުގެ އުއްމީދުގައި ކުރެވިފައިވާ މަސައްކަތްތަކެއް ކަމަށެވެ.

އެމަސައްކަތްތަކުގެ ފޮނިމީރުކަމާއި ފައިދާ ގައުމުން ފެނުމަށްޓަކައި އަދި ގައުމުގެ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މިހާރު އަންހެނުންގެ ރޫހަށް އިތުރަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި އަޅުގަނޑުމެންގެ އަންހެނުން ރޫހުން ދެކެނީ ޕާޓީގެ ފަރާތުން އަދި މަޖިލީހުގެ ފަރާތުން އެކޮށްދެއްވި މަސައްކަތުން ލާމަރުކަޒީ ނިޒާމަށް ގެނެވުނު މުހިއްމު ބޮޑު ބަދަލުގައި ގިނަ އަންހެން ބޭފުޅުންނަށް ފުރުސަތުތަކެއް ލިބިގެންދާކަން،
މާލެ ސިޓީ މޭޔަރު އަދި އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސް ޝިފާ މުހައްމަދު

ޝިފާ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމެޓީއާއި ކައުންސިލްތަކުގެ އަންހެނުންގެ ގޮނޑުތަކަށް ވާދަކުރައްވާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން ވިލިމާލޭގައި އެޕާޓީން ބާއްވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

އަޅުގަނޑުމެން މިދަންނަވާލަނީ މުޅި ރާއްޖޭގެ އެކިކަންކޮޅުމަތިން މިހާރު އެމްޑީޕީގެ ފަރާތުން ރެޕްރެޒެންޓްކުރުމަށް ހޮވިވަޑައިގެންފައިވާ ހުރިހާ އަންހެނުންގެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނާއި ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ހުރިހާ އަންހެން ކެންޑިޑޭޓުން މާލޭގައި މިބޭއްވޭ ކޮންފަރެންސަށް ވަޑައިގެންދެވައި ބައިވެރިވެވަޑައިގެންދެއްވުމަށް،
މާލެ ސިޓީ މޭޔަރު އަދި އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސް ޝިފާ މުހައްމަދު

ޝިފާ ވިދާޅުވީ އެ ފެސްޓިވަލްގައި މައިގަނޑު ގޮތެއްގައި ހިންގަނީ އަންހެނުންގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ތަމްރީންތަކާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތުގެ ތަމްރީންތައް ކަމަށެވެ. އަދި ސަރުކާރުން ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިފައިވާ ބާރުވެރިކަމާއި މަލީ ބާރުވެރިކަމުގެ ތެެރެއިން ރައްޔިތުން ބާރުވެރިކުރުމަށް ކުރަންޖެހޭ ކަންކަމުގެ މައުލޫމާތުތައް ވެސް ލިބިގެންދާނެ ކަމަށް ޝިފާ ވިދާޅުވިއެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް