ކ. މާލެ
|
2 މާރޗް 2020 | ހޯމަ 08:35
މާރިއާ ޝަރަޕޯވާ
މާރިއާ ޝަރަޕޯވާ
ގެޓީ އިމޭޖަސް
މާރިއާ ޝަރަޕޯވާ
ކުރީގެ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޝަރަޕޯވާ ރިޓަޔަރ ކޮށްފި
ރިޓަޔާ ކުރިއިރު ޝަރަޕޯވާ ގެ ރޭންކިންގ އަކީ 373
އޭނާ ރިޓަޔަރ ކުރީ ކޮނޑުގެ އަނިޔާ އާއި ގުޅިގެން

ޓެނިހުގެ ރަނިކަން ކުރިން ކުރަމުން އައި ރަޝިޔާގެ މަޝްހޫރު އަންހެން ޓެނިސް ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ އަނިޔާގެ މައްސަލަތަކާއި ހެދި ކުއްލި ގޮތަކަށް ރިޓަޔަރ ކޮށްފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 32 އަހަރުގެ ޝަރަޕޯވާ ރިޓަޔަރ ކުރީ ކޮނޑަށް ލިބުނު އަނިޔާއާއި ގުޅިގެންނެވެ. މިއީ ތަކުރާރުކޮށް ދިހަ އަހަރުވަންދެން އޭނާ ފަރުވާ ހޯދަމުންދިޔަ އަނިޔާއެކެވެ. އަދި އަނިޔާއިން ސަލާމަތްނުވެ ގިނަ ދުވަސްތަކެއް ވެފައިވާއިރު ޝަރަޕޯވާ ވަނީ އަނިޔާއާއި އެކު ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައެވެ. ޝަރަޕޯވާގެ ކޮނޑަށް އެންމެ ފުރަތަމަ އަނިޔާވީ 2007 ވަނަ އަހަރުގައެވެ.

ރިޓަޔާކުރުމަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުގައި ޝަރަޕޯވާ ބުނީ މިއީ އޭނާ ޓެނިހާއި އަލްވަދާއު ކިޔަންވީ ވަގުތު ކަމަށާއި، ޓެނިހުގައި 28 އަހަރު ހޭދަކޮށް ފަސް ގްރޭންޑް ސްލޭމް ތަށްޓަށް ފަހު މި ހިސާބުން އޭނާގެ ހަޔާތުގައި މިސްރާބު ޖަހަނީ މުޅިން އައު ސަފުހާ އަކަށް ކަމަށެވެ.

ނިމިދިޔަ އަހަރު ޝަރަޕޯވާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، ގްރޭންޑް ސްލޭމް މުބާރާތެއްގެ ފުރަތަމަ ބުރު ފަހަނަ އަޅައި ދެވޭގޮތް އޭނާ އަށް ވަނީ ނުވެފައެވެ. އެގޮތުން ރިޓަޔަރ ކުރިއިރު އޭނާގެ ރޭންކިންގ އަކީ 373 އެވެ.

- ކޮމެންޓް