Advertisement
ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 20:53
ހުޅުމާލޭގައި އަޅާ ފްލެޓްތައް
ހުޅުމާލޭގައި އަޅާ ފްލެޓްތައް
މިހާރު
ހައުސިންގ
ހުޅުމާލޭގައި އިމާރަތްކޮށްފައިވާ 704 ފްލެޓްތައް އިންޝުއަރ ކޮށްދޭނެ ފަރާތެއް ހޯދަނީ
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 02 މާރިޗް ގެ 08:30 އިން 03 މާރިޗް ގެ 12:45 އަށް
ބިޑް ހުށަހެޅުން އޮންނާނީ 11 މާރިޗް ގެ 13:15 އާ ހަމައަށް ކަމަށް މިނިސްޓްރީން ބުނޭ

ސަރުކާރުގެ "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރަތްކޮށްފައިވާ 704 ފްލެޓްތައް އިންޝުއަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އަށް ވަޑައިގެން ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރުމަށެވެ. އަދި ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 02 މާރިޗް ގެ 08:30 އިން 03 މާރިޗް ގެ 12:45 އަށެވެ. އަދި ޕްރީ ބިޑް މީޓިންގ އޮންނާނީ 03 މާރިޗް ގެ 13:00 ގައި ހައުސިންގ މިނިސްޓްރީގަ އެވެ. ބިޑް ހުށަހެޅުން އޮންނާނީ 11 މާރިޗް ގެ 13:15 އާ ހަމައަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މާރިޗް 03 ވާ އަންގާރަ ދުވަހުގެ 13:00 އިން ފެށިގެން މާރިޗް 10 ވާ އަންގާރަ ދުވަހުގެ 14:00 ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތަށް ހުށަހަޅާ ޖުމްލަ އަގު ދެލައްކަ ފަންސާސް ހާސް ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ދިހަހާސް ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.

ހުޅުމާލޭގައި އަޅާފައިވާ 704 ފްލެޓަކީ ކުރީ ސަރުކާރުގައި އަޅާފައިވާ ފްލެޓްތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް