ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 18:38
އައްޑޫ ސިޓީ ހުޅުދޫ މަތިން ނަގާފައިވާ މަންޒަރެއް
އައްޑޫ ސިޓީ ހުޅުދޫ މަތިން ނަގާފައިވާ މަންޒަރެއް
އަވަސް
ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫއު
ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
މިއީ ގާތްގަނޑަކަށް 66 މިލިއަން ރުފިޔާގެ މަޝްރޫއެއް
މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 375 ދުވަހުގެ ތެރޭގައި
ބަނދަރުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ބެލެވޭ

އައްޑޫ ސިޓީ ހުޅުދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ ޒީނިޔާ އަހްމަދު ހަމީދެވެ.

އެމްޓީސީސީއާއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ޕްލޭނިންގ މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޖުމްލަ 65،134،884.09 (ފަސްދޮޅަސް ފަސް މިލިއަން އެއްލައްކަ ތިރީސް ހަތަރުހާސް އައްސަތޭކަ އައްޑިހަ ހަތަރު ރުފިޔާ ނުވަ ލާރި) ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫއު ނިންމުމަށް އެމްޓީސީސީއާއެކު އެއްބަސްވެވިފައި ވަނީ 375 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ތެރެއިން ހުޅުދޫ ބަނދަރުގައި 25 މީޓަރުގެ ގްރޮއިން، 742 މީޓަރުގެ ބްރޭކްވޯޓަރ، 114 މީޓަރުގެ ކުއޭ ވޯލް، 624 މީޓަރުގެ ރިވެޓްމަންޓް އަދި 2250 މީޓަރުގެ ޕޭވްމަންޓްގެ މަސައްކަތް ކުރެވޭނެއެވެ. އަދި 36 ހާބަރު ލައިޓާއި، ދެ ޗެނަލް ލައިޓާއި، 12 މޫރިންގ ބްލޮކް އަދި އެއް ކޮންކްރީޓް ބްރިޖުގެ އިތުރުން ރޭމްޕެއް ގާއިމްކުރެވޭނެއެވެ.

- ކޮމެންޓް