Advertisement
ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 18:34
ރައީސުލްޖުމްހޫރިއްޔާ އާއި ޖެންޑަރ މިނިސްޓަރ
ރައީސުލްޖުމްހޫރިއްޔާ އާއި ޖެންޑަރ މިނިސްޓަރ
ރައީސް އޮފީސް
ކުޑަކުދިން
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރާ އިދާރާ އުފައްދައިފި
މިއީ ޤާނޫނުން އުފެއްދުން ލާޒިމް ކުރާ އިދާރާ އެއް
މި އިދާރާ ގާއިމްކުރުމާއެކު ޖެންޑަރ މިނިސްޓްރީގެ ބައެއް މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލު ގެނެސްފައި
ނަމަވެސް މި އިދާރާ ހިންގާނީ ޖެންޑަރ މިނިސްޓްރީގެ ދަށުން

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާ ކަމަށްވާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި އެވެ.

މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދާފައިވާ އިދާރާއެކެވެ. އެގޮތުން އެ ޤާނޫނުގައި ވަނީ، އެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" ގެ ނަމުގައި އިދާރާއެއް ޤާއިމުކުރުން ލާޒިމްކަމަށެވެ.

Advertisement

މި އިދާރާއަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ އިދާރާއެކެވެ. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އުފެއްދެވުމާއި ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބައެއް މަސައްކަތްތަކަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މިއަދުން ފެށިގެން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން، ކުރާނީ އަލަށް ގާއިމްކުރެވިގެން މިދިޔަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް