Advertisement
ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 15:39
ސޮއި ކުރުމުގެ ރަސްމިއްޔާތު
ސޮއި ކުރުމުގެ ރަސްމިއްޔާތު
ރާއްޖެއެމްވީ
ސައިރިކްސް ކޮލެޖު
އެމްއެސްޔޫގެ ކޯސްތައް ސައިރިކްސް ކޮލެޖުގައި ހިންގުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގެ ދަށުން އެޑިއުކޭޝަން، ސައިކޮލޮޖީ، ހޮސްޕިޓަލިޓީ އަދި ބިޒްނަސް، އައިޓީ ދާއިރާގެ ޕްރޮގްރާމްތައް ހިންގޭނެ
އެންމެ ފުރަތަމަ ފެށުމަށް ގަސްތު ކުރައްވަނީ އެޑިއުކޭޝަންގެ ދާއިރާގެ ކޯސްތައް
އެމްއޯޔޫގެ ދަށުން ސްޓާފް އަދި ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގޭނެ

މެލޭޝިޔާގެ މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަރސިޓީ (އެމް އެސް ޔޫ) އާއި ސައިރިކްސް ކޮލެޖާ ދެމެދު އެމް އޯ ޔޫއެއްގައި ސޮއިކޮށްފިއެވެ.

އާދީއްތަ ދުވަހު 11 ޖެހިއިރު ސައިރިކްސް ކޮލެޖް ގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމް އެސް ޔޫ ގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އެވެ. ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓަރ އަލީ ފަވާޒް ރަޝީދުއެވެ.

Advertisement

މި އެއްބަސްވުމުގެ ދަށުން އެމްއެސްޔޫ ގެ ކޯސްތައް ސައިރިކްސް ކޮލެޖްގައި ހިންގަން ފެށޭނެ ކަމަށް އެ ކޮލެޖުން މަޢުލޫމާތު ދެއެވެ. ފަވާޒް ވިދާޅުވީ ރާއްޖޭގައި ތިބެގެން އެމްއެސްޔޫގެ ޑިގްރީ އަދި މާސްޓަރސް ޕްރޮގުރާމުތަކުގައި ބައިވެރިވެވޭނެކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން އެޑިއުކޭޝަން، ސައިކޮލޮޖީ، ހޮސްޕިޓާލިޓީ، ބިޒްނަސް، އަދި އައިޓީ ދާއިރާގެ ޕްރޮގުރާމުތައް ހިންގޭނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ފެށުމަށް ގަސްތު ކުރަވަނީ އެޑިއުކޭޝަންގެ ދާއިރާގެ ކޯސްތައް ކަމަށާއި، ޖޫން ހިސާބުގައި ފެށިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފަވާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއޯޔޫގެ ދަށުން ސްޓާފް އަދި ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގުރާމުތައް ހިންގޭނެ ކަމަށާއި ސައިރިކްސް ކޮލެޖްގެ ލެކްޗަރަރސް ތަމްރީނުކުރުމުގައިވެސް އެމްއެސްޔޫގެ އެހީތެރިކަން ލިބިގެން ދާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް