Advertisement
ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 12:08
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޔޫސުފް ސޮފްވާން ރަޝީދު
މިނިމަމް ވޭޖް
މިނިމަމް ވޭޖް ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަނޑަނޭޅުނީތީ މައާފަށް އެދެން: އިކޮނޮމިކް މިނިސްޓަރ
މިނިމަމް ވޭޖު ކަނޑަނޭޅިވަނީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން
މިނިސްާޓަރ ވަނީ އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފަ
މިނިމަމް ވޭޖް ކަނޑައެޅުން ލަސްވާތީ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރި

މިނިމަމް ވޭޖް ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަނޑަނޭޅުނީތީ މަޢާފަށް އެދޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Advertisement

ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު މިނިސްޓަރ ވަަނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ. އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށް ބުނެ ޢާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައި އާދިއްތަ ދުވަހު މިނިސްޓަރ ފައްޔާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ،މިނިމަމް ވޭޖް ކަނޑައެޅުމަށް ދެވުނު ތާރީޚު ފާއިތުވެގެންދިޔަ އިރުވެސް އެކަން ކުރެވިފައިނުވާކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދެން އެކަމުގައި އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ހޯދުންކަމަށެވެ. މިނިމަމް ވޭޖު ކަނޑަނޭޅިވަނީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މީގެކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅިގެންދާނެ ކަމަށެވެ. އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށް ބުނެ ޢާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމަވާލައްވައި މެންބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު ނުނިމިއޮތީ މިނިމަމްވޭޖް ބިލުގެ މަސައްކަތް އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް