Advertisement
ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 23:20
ކޯވިޑް-19
ކޯވިޑް-19
ސީ.އެން.އެން
ކޯވިޑް-19
ކޯވިޑް-19 އަށް ރާއްޖެއިން ފުރަތަމަ ޓެސްޓް ކުރެވުނުމީހާ ނެގެޓިވް: އެޗްޕީއޭ
ރާއްޖެއިން މި ބަލި ފެނިއްޖެނަމަ އެ މައުލޫމާތުވެސް ހާމަކުރާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދޭ
މިއީ ކޯވިޑް -19 އަށް ރާއްޖޭގައި ފުރަތަމަ ޓެސްޓްކުރި މީހާ
އައިޖީއެމްއެޗްގައި މި ބައްޔަށް ޓެސްޓް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި

ކޯވިޑް-19 އަށް ދިވެހިރާއްޖެއިން ފުރަތަމަ ޓެސްޓް ކުރެވުނު މީހާ ވައިރަހަށް ނެގެޓިވްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ވަނީ މި ބަލި ރާއްޖޭގައި އުޅޭތޯ ދެނެގަތުމަށް ބަލި އުޅޭ ގައުމަކަށް ދަތުރުކޮށްފައި ނުވި ނަމަވެސް ނިއުމޯނިއާ ނުވަތަ އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ ބައެއް ފަރާތްތައް ރާއްޖޭގައި ޓެސްޓްކުރުމަށް ފެށިފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގައި މި ބައްޔަށް ޓެސްޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު އައިޖީއެމްއެޗްގައި ނިއުމޯނިއާއަށް ފަރުވާދެމުންދާ ބަލި މީހަކު ހޮނިހިރު ދުވަހު ކޯވިޑް-19 އަށް ޓެސްޓް ކުރެވުނު ކަމަށާއި އަދި އެމީހާ ކޯވިޑް-19 އަށް ނެގެޓިވް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި މިއީ ކޯވިޑް-19 އަށް ރާއްޖޭގައި ކުރެވުނު ފުރަތަމަ ޓެސްޓްކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް-19 އަށް ޝައްކު ކުރެވޭ އެއްވެސް ފަރާތެއް އަދި މި ބަލި ހުރި އެއްވެސް ފަރާތެއް ނެތް ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް ޖެނުއަރީ 2020 އިން ފެށިގެން މި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަކުރުމަށާއި މި ބަލި ރާއްޖެއިން ފެނިއްޖެނަމަ ފެތުރުން ކޮންޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި ތަފާތު ގިނަ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

Advertisement

ދުނިޔޭގައި މިބަލީގެ ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ރިޢާޔަތްކޮށް އިތުރު ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށާއި ކޯވިޑް-19 ގެ ހާލަތު ސަރުކާރުން ދަނީ ވަރަށް ގާތުން މޮނިޓަރކޮށް ބަލަމުންނެވެ. އަދި ރާއްޖެއަށް މި ބަލި ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެ ކަމަށްބަލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަށޭނެ ތައްޔާރީތައް ވަމުންދާކަމަށާއި މި ބައްޔާއި ބެހޭ އެންމެހާ މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.

ރާއްޖެއިން މި ބަލި ފެނިއްޖެނަމަ އެ މައުލޫމާތުވެސް ހާމަކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ދުނިޔޭގައި މި ބަލި ފެތުރެމުންދާ މި ހާލަތުގައި ބަލިން ރައްކައުތެރިވުމަށް ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތަށް ރައްކައުތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި ބައްޔާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވަމުން ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް