Advertisement
ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 00:04
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަލީ އާޒިމް ސަލާމްކުރައްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަލީ އާޒިމް ސަލާމްކުރައްވަނީ
ރައީސް އޮފީސް
ފަލަސުރުހީ
މިސަރުކާރުގައި ވެސް ކޮރަޕްޝަން ހުންނާނެ، ނަމަވެސް ޔަގީންވާކަމަކީ ފިޔަވަޅު އަޅާނެކަން: އާޒިމް
ކޮރަޕްޝަން ހުރިހާ ތަނެއްގައި ވެސް ހުންނާނެ: އާޒިމް

މިސަރުކާރުގައި ވެސް ކޮރަޕްޝަންގެ މައްސަތައް ހުންނާނެ ކަމަށާއި ނަމަވެސް ޔަގީންވާކަމަކީ އެބަޔަކާއި މެދު ފިޔަވަޅު އަޅާނެކަން ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމުގެ ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވި ކޮރަޕްޝަން ހުރިހާ ތަނެއްގައި ވެސް ހުންނާނެ ކަމަށެވެ. އަދި މިސަރުކާރުގައިވެސް ކޮރަޕްޝަން ނެތޭ ބުނުމަކީ އިތުރުފުޅު ހެއްދެވުން ކަމަށެވެ. ނަމަވެސް އެކަންކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިން މުހައްމަދު ސޯލިހުއާއި ރައްޔިތުންގެ މަޖިލީހުންވެސް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

ތަފާތު އިންސާނުން ދެއްތޯ، ތަފާތު އިންސާނުން މިއުޅެނީ ކަންކަމުގައި. ހުންނާނެ ހުރިހާ ތަނެއްގައި. ނެތޭ ކޮރަޕްޝަން ބުނުމަކީ އަޅުގަނޑު ހަދާ ދޮގެއް. މިސަރުކާރުގައި ވެސް ހުންނާނެ. އެކަމު ޔަގީންވާ އެއްކަމެއް އެބައޮތް. ކޮރަޕްޝަންގެ އަމަލެއް ހިންގައިފި މީހަކަށް އިބްރާހިމް މުހައްމަދު ސާލިހު ފިޔަވަޅު އަޅާނެ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ފިޔަވަޅު އަޅާނެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ކުރީގެ 18 ވަނަ މަޖިލީހާއި ޚިލާފަށް 19 ވަނަ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ވެސް ސަރުކާރު ތެރޭގައި ހުރި މައްސަލަތަކުގެ ވާހަކަދެއްކެވުމުގެ ފުރުސަތު އޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތައް ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް މެމްބަރުން މަޖިލީހަށް އިންތިހާބު ކުރުމަށް ރައްޔިތުން ވޯޓު ދެއްވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ އޭގެ މާނައަކީ ސަރުކާރުން ބުނާ ކޮންމެ ކަމެއް ބުނާ އުސޫލަކުން ކުރުމެއް ނޫން ކަމަށެވެ.

އަޅުގަނޑުމެންނަށް މިބާރު ދިނީތީވެ ދިވެހި ރައްޔިތުން ގަބޫލުކުރައްވަންވާނެ އަޅުގަނޑުމެންނަށް ބާރުތައް ދިނީތީވެ ދީލާލީކީއެއް ނޫނޭ. ކަންބޮޑުނުވާތި އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވުމެއް އޮތީކީއެއް ނޫން މާބޮޑު. ހުންނާނެ ޚިޔާލު ތަފާތުވުން. އެހެންނަމަވެސް އަޅުގަނޑުމެން މިހެން މި ބުނަނީކީ އެއް މިސަރުކާރު ވައްޓާލުމުގެ އެ ވިސްނުމެއްގައެއް ނޫން. ރައްޔިތުން އަޅުގަނޑުމެންނަށް ވޯޓު ދިނީ ސަރުކާރު ޖަވާބުދާރީ ކުރުވަންކަމަށް ވާތީވެ އަޅުގަނޑުމެން ނުޖެހޭ ސަރުކާރުން ބުނާ ކޮންމެ ކަމެއް އެ އުސޫލަކުން ކަންކުރާކަށް.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

މެމްބަރު ވިދާޅުވީ ރައީސް ވެސް ވިދާޅުވަނީ އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ. އަދި މސަރުކާރުގައި މައްސަލައެއް އުޅޭނަމަ އެވާހަކަތައް މަޖިލީހުގައި ދައްކަން ޖެހޭނެ ކަމަށާއި، ފިޔަވަޅުއަޅަން ޖެހޭ ނަމަ އެ ފިޔަވަޅުވެސް އަޅަން ޖެހޭނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް