ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 18:53
އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ މުބާރާތުގެ ތެރެއިން
އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ މުބާރާތުގެ ތެރެއިން
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް މާދަމާ ފަށަނީ
އަންހެން ޑިވިޝަނުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވޭ
ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ 7 ޓީމަކުން
މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 7 ވަނަ ދުވަހު

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިންޓަ ފެކަލްޓީ ވޮލީ މުބާރާތް އާދިއްތަ ދުވަހު ފަށާނެ ކަމަށް އެމްއެންޔޫއެސްޔޫ އިން ބުނެފިއެވެ.

އެމްއެންޔޫއެސްޔޫ އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ބާއްވާ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމްލަ 8 ޓީމު ބައިވެރިވާއިރު، މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 7 ޓީމު ބައިވެރިވާނެއެވެ.

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. އަދި މި މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 7 ވަނަ ދުވަހު އެވެ.

މި މުބާރާތުގެ މެޗުތައް ކުޅެވިގެންދާނީ އެމްއެންޔޫގެ އެފްއީ ޕީއީ ހޯލު (އަމީނީ ބިލްޑިންގ)ގައެވެ. މި މުބާރާތަކީ އެމްއެންޔޫއެސްޔޫ އިން ރާވާ އިންތިޒާމް ކުރާ ދެވަނަ އަށް އެންމެ ބޮޑު މުބާރާތެވެ. އެމްއެންޔޫއެސްޔޫ އިން އަންނަނީ މި މުބާރާތުގެ އިތުރުން ނެޓްބޯޅަ މުބާރާތަކާއި އަހުރަ ގޮތްޕާއި ގުޅިގެން ހޭންޑް ބޯޅަ މުބާރާތެއް ވެސް ބާއްވަމުންނެވެ. މީގެ އިތުރުން އެމްއެންޔޫއެސްޔޫ އިން އަންނަނީ ހުރިހާ ކޮލެޖް ޔުނިވަރސިޓީ އަކަށް ހުޅުވައިލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސެލް ފިއެސްޓާ ވެސް ބާއްވަމުންނެވެ.

އެމްއެންޔޫ އަކީ އިންޓަ ކޮލެޖެ ޔުނިވަރސިޓީ ވޮލީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން އެމްއެންޔޫއިން ވަނީ އެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ތަށި ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށް ތަށި މިލްކު ކޮށްފައެވެ.

- ކޮމެންޓް