ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 18:14
އިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ތެރެއިން
އިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ތެރެއިން
ފޭސްބުކް
އިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕް
އިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕް ފަށައިފި
މިއަހަރުގެ މުބާރާތް ކުރިއަށްދާނީ އަންނަ މާޗު މަހުގެ 2 ގެ ނިޔަލަށް
މި މުބާރާތުގެ ފިރިހެން ބައިގައި 13 ޓީމެއް، އަދި އަންހެން ބައިގައި 8 ޓީމެއް ވަނީ ބައިވެރިވެފައި

ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ފަސްވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފި އެވެ.

މިއަހަރުގެ މުބާރާތުގައިވެސް އަންހެން އަދި ފިރހެން ޑިވިޝަނުގެ ޓީމު އިވެންޓު ކުރިއަށްދާނެއެވެ. އެގޮތުން މި މުބާރާތުގެ ފިރިހެން ބައިގައި 13 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި އަންހެން ބައިގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ފިރިހެން ބައިގެ ކުޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އަންހެން ބައި ކުރިއަށްދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ކުޅުން އަންގާރަ ދުވަހު ފެށިއިރު، އަންގާރަ ދުވަހު ވަނީ 6 މެޗެއް ކުޅެފައެވެ.

އެގޮތުން ފިރިހެން ބައިގެ ފުރަތަމަ މެޗުގައި އެމްޑަބްލިއުއެސްސީން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މައްޗަށް ފަސޭހަކަމާއެކު 26-7 ޕޮއިންޓުން ކުރިހޯދިއިރު، ފިރިހެން ބައިގެ ދެވަނަ މެޗުގައި އެމްއޭސީއެލް ވަނީ 20-13 ޕޮއިންޓުން ކަސްޓަމްސްގެ މައްޗަށް ކުރިހޯދާފައެވެ.

ފިރިހެން ބައިގެ ތިންވަނަ މެޗުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގެ މައްޗަށް ފަސޭހަކަމާއެކު 21-7 ޕޮއިންޓުން ސްޓެލްކޯ ކުރިހޯދިއިރު، މިބައިގެ ހަތަރުވަނަ މެޗުން އެމްޓީސީސީ ވަނީ 20-13 ޕޮއިންޓުން ޕޮލިސް ކްލަބު ބަލިކޮށްފައެވެ.

އަދި ފިރިހެން ބައިގެ ފަސްވަނަ މެޗުގައި އެސްޓީއޯގެ މައްޗަށް 24-9 ޕޮއިންޓުން ދިވެހި ސިފައިންގެ ކްލަބު ކުރހޯދިއިރު، އަންގާރަ ދުވަހުގެރޭ ކުޅުނު އަންހެން ބައިގެ ފުރަތަމަ މެޗުން ކަސްޓަމްސް ވަނީ ފަސޭހަކަމާއެކު 26-7 ޕޮއިންޓުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގެ މައްޗަށް ކުރިހޯދާފައެވެ.

މުބާރާތުގެ ކުޅުން އަންގާރަ ދުވަހު ފެށިއިރު، މިއަހަރުގެ މުބާރާތް ކުރިއަށްދާނީ އަންނަ މާޗު މަހުގެ 2 ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް