ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 19:11
ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ
ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ
ގެޓީ އިމޭޖަސް
ޕީއެސްޖީ
ޕީއެސްޖީގެ ރައީސް އަށް ރިޝްވަތުގެ ބޮޑު ތުހުމަތެއް!
މީގެ ކުރިން ވެސް ޕީއެސްޖީގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވުނު

ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ އަށް ރިޝްވަތު ދީފައިވާ ކަމަށް ބުނެ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ރައީސް ނާސިރު އެލް ހެއްލާފީގެ މައްޗަށް ސްވިޒަރލެންޑްގެ އެޓަރނީ ޖެނެރަލް އޮފީހުން ބޮޑު ތުހުމަތެއް ކޮށްފިއެވެ.

ކޮރަޕްޝަނުގެ މައްސަލައެއްގައި މިހާރު ވެސް ބޮޑު ސަސްޕެންޝަނެއް ތަންފީޒުކުރަމުން އަންނަ ވަލްކޭ އަދި ހެއްލާފީގެ އިތުރުން އެހެން ވިޔަފާރިވެރިއެއްގެ މައްޗަށް ސްވިޒަރލެންޑްގެ އެޓަރނީ ޖެނެރަލްގެ ފަރާތުން ތުހުމަތުކުރެއެވެ. އަދި މި މައްސަލައިގައި މި ތިން ފަރާތުގެ މައްޗަށް މިހާރު ވަނީ ދައުވާކޮށްފައެވެ.

ސްވިޒަރލޭންޑްގެ އެޓަރނީ ޖެނެރަލް އޮފީހުން ބުނީ ތިން އަހަރަށް ދިގުދެމިގެންދިޔަ މި ތަހުގީގުން އެނގުނީ ހެއްލާފީ ރިޝްވަތުގެ ގޮތުގައި ފައިސާގެ އިތުރުން އޭނާގެ ޕްރައިވެޓް ވިލާއެއްގައި ބޭނުން ވަގުތެއްގައި އުޅުމުގެ ފުރުސަތު ވަލްކޭ އަށް ދީފައިވާ ކަމަށެވެ. މީގެ ބަދަލުގައި ވަލްކޭ ލިޔެކިޔުންތައް އެކި ގޮތްގޮތަށް ބަދަލުކޮށް ފީފާއިން ބާއްވާ އެކި މުބާރާތްތަކުގެ ޓީވީ ރައިޓްސް ހެއްލާފީގެ ބީން ސްޕޯޓްސް އަށް ކުޑަ އަގެއްގައި ދީފައިވާއެވެ. މި މައްސަލައިގައި ދެން ޝާމިލުވާ ވިޔަފާރިވެރިޔާ އަށް ކުރަނީ އެކި ކަންކަން ފުރިހަމަކުރަން ހައްލާފީއަށް ފައިސާ ދިން ކަމުގެ ތުހުމަތެވެ.

ސްވިޒަރލޭންޑްގެ އެޓަރނީ ޖެނެރަލް އޮފީހުން މީޑިއާއަށް އިތުރަށް ބުނީ ހެއްލާފީގެ މައްޗަށް މިކުރާ ދައުވާއަކީ ޕީއެސްޖީގެ ރައީސްގެ ގޮތުގައި ނޫނީ ޔޫއެފާ އެގްޒެކެޓިވް ބޯޑް މެންބަރެއްގެ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާ ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ސްވިޒަރލޭންޑްގެ އެޓަރނީ ޖެނެރަލް އޮފީހުން މިދައުވާ ކުރުމާއި ގުޅިގެން ސްވިޒަރލޭންޑްގެ އެޓަރނީ ޖެނެރަލް އޮފީހުން މިދައުވާ ކުރުމާއި ގުޅިގެން ހެއްލާފީ ވަނީ ބަޔާނެއް ނެރެފައެވެ. ބަޔާނުގައި އޭނާ ބުނެފައިވަނީ މީގެ ކުރިން ވެސް އޭނާއާއި ދެކޮޅަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެ ފަހަރުވެސް ފުރިހަމަ ތަހުގީގެއް ކުރުމުން އޭނާގެ ކުށެއް ނެތްކަން އިނގިގެން ދިޔަ ކަމަށެވެ.

ފީފާގެ މަގާމުން ވަލްކޭ 2016 ވަނަ އަހަރު ވަކިކުރީ ވޯލްޑް ކަޕް ޓިކެޓް ބްލެކް މަރކެޓްގައި ވިއްކިކަން ފީފާގެ ތަހުގީގަށް ސާބިތުވުމުންނެވެ. އަދި ޓީވީ ރައިޓްސް އެއްބަސްވުންތައް ވެސް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކޮރަޕްޝަން ހިންގާފައިވާކަން ވަލްކޭގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

- ކޮމެންޓް