ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 17:15
އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ތެރެއިން
އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ތެރެއިން
ފޭސްބުކް
އިންޓަރ އޮފީސް ބިލިއާޑް މުބާރާތް
13 ޓީމަކާއެކު އިންޓަރ އޮފީސް ބިލިއާޑް މުބާރާތް ފަށައިފި
މި މުބާރާތް ކުރިއަށްދާނީ އަންނަ މާޗު މަހުގެ ދެވަނަ ދުވަހުގެ ނުޔަލަށް
މިފަހަރުގެ މުބާރާތުގައި ޖުމްލަ 13 ޓީމެއް ވާދަކުރޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ އޮފީސް ބިލިއާޑް މުބާރާތް މިދިޔަ ބުރާސްފަތި ދުވަހު ފަށައިފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްދާ މި މުބާރާތް ފަށާފައިވަނީ ފިރިހެން ޑިވިޝަނުގެ ސިންގަލްސް މެޗުތަކާއެކުއެވެ. އެއަށްފަހު ބުރާސްފަތި ދުވަހުގެރޭ ވަނީ މުބާރާތުގެ ޓީމު އިވެންޓުގެ މެޗުތައް ވެސް ފަށާފައެވެ.

ޓީމު އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ދިރާގެވެ. އެ މެޗު ސީދާ ތިން ގޭމުން ކާމިޔާބުކުރީ އެމްއޭސީއެލްއެވެ. ފުރަތަމަ ގޭމު އެސްއޭސީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ. ދެވަނަ ގޭމު 4-1 ފްރޭމުން އެމްއޭސީއެލް އިން ކާމިޔާބުކުރި އިރު، އެމްއޭސީއެލް އިން ފަހު ގޭމު ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.

އެ އިވެންޓުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. އެ މެޗު 2-1 ގޭމުން ކާމިޔާބުކުރީ ކަސްޓަމްސްއެވެ. މެޗުގެ ފުރަތަމަ ގޭމު ކަސްޓަމްސް އިން ގެންދިޔައީ 3-4 ފްރޭމުންނެވެ. ދެވަނަ ގޭމު 4-3 ފްރޭމުން އެމްއައިބީ ގެންދިޔަ ނަމަވެސް، ކަސްޓަމްސް އިން ވަނީ 1-4 ފްރާމުން ފަހު ގޭމު ކާމިޔާބުކޮށްފައެވެ.

ތިންވަނަ މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ރައީސް އޮފީހެވެ. އެ މެޗު ސީދާ ތިން ގޭމުން ކާމިޔާބުކުރީ އެމްޕީއެލްއެވެ. ފުރަތަމަ ގޭމު އެމްޕީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ. ދެވަނަ ގޭމު 4-3 ފްރޭމުން އެމްޕީއެލް ކާމިޔާބުކުރި އިރު، އެމްޕީއެލުން ފަހު ގޭމު ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ޕޮލިސް ކްލަބެވެ. އެ މެޗު 2-1 ގޭމުން ކާމިޔާބުކުރީ އެމްއެންޑީއެފްއެވެ. ފުރަތަމަ ގޭމު އެމްއެންޑީއެފުން ގެންދިޔައީ 4-1 ފްރޭމުންނެވެ. ދެވަނަ ގޭމު ވެސް 4-1 ފްރޭމުން އެމްއެންޑީއެފް ގެންދިޔަ އިރު، ފަހު ގޭމު 3-4 ފްރޭމުން ގެންދިޔައީ ޕޮލިސް ކްލަބުންނެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މާޗު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމު އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާއިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރަނީ 8 ކުޅުންތެރިންނެވެ. އެ އިވެންޓުގައި 8 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

- ކޮމެންޓް