ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 16:33
ނިމިދިޔަ އަހަރު ބޭއްވި ރެޑްބުލް ވިނިންގ ފައިވް މުބާރާތުގެ ތެރެއިން
ނިމިދިޔަ އަހަރު ބޭއްވި ރެޑްބުލް ވިނިންގ ފައިވް މުބާރާތުގެ ތެރެއިން
ސޯޝަލް މީޑިއާ
ރެޑްބުލް ވިނިންގ ފައިވް
މުޅިން އަލަށް އަންހެން ޑިވިޝަން އިތުރުކޮށް ރެޑްބުލް ވިނިންގ ފައިވް ފަށައިފި
މިއަހަރުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދޭ
ނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ
މި މުބާރާތަކީ 2013 ވަނަ އަހަރުން ފެށިގެން ރެޑްބުލް އިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ މުބާރާތެއް

މުޅިން އަލަށް އަންހެން ޑިވިޝަން އިތުރުކޮށް ފަސްވަނަ ރެޑްބުލް ވިނިންގ ފައިވް މުބާރާތް ފަށައިފިއެވެ.

މި މުބާރާތަކީ 2013 ވަނަ އަހަރުން ފެށިގެން ރެޑްބުލް އިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

ރެޑްބުލް އިން ބުނީ މިއަހަރުގެ މުބާރާތަކީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކަމަށާއި، މިއަހަރުގެ މުބާރާތުގެ ކޮލިފިކޭޝަން ރައުންޑްގެ ގޮތުގައި 26 ކޮލިފިކޭޝަން ރައުންޑް ކުޅެވިގެންދާނެ ކަމަށެވެ. 26 ކޮލިފިކޭޝަން ރައުންޑްގެ ތެރެއިން 11 ބުރު ކުޅެވިގެންދާނީ މާލޭ ސަރަހައްދުގައެވެ. މީގެ އިތުރުން ކޮލިފިކޭޝަންގެ 14 ބުރެއް އަތޮޅުތެރޭގައި ބޭއްވިގެންދާނެއެވެ. އަދި ކޮލިފިކޭޝަނުގެ އެއް ބުރު ރިސޯޓުގައި އޮންނާނެ ކަމަށް ވެސް ރެޑްބުލްއިން ބުނެއެވެ.

އެންމެ ފަހުގެ ރެޑްބުލް ވިނިންގ ފައިވް މުބާރާތުގައި ކޮލިފިކޭޝަން 19 ރައުންޑް ކުޅުނުއިރު ނިމިދިޔަ އަހަރުގެ މުބާރާތުގައި 233 ޓީމުން 1617 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އަދި މުޅިމުބާރާތުގައި 350 އަށް ވުރެ ގިނަ މެޗު ކުޅެފައިވެއެވެ.

ނިމިދިޔަ އަހަރުގެ ރެޑްބުލް ވިނިންގ ފައިވްގެ ޗެމްޕިއަނުންނަކީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ ޓީމް ޕަބްޖީއެވެ.

މިއަހަރުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ރެޑްބުލްއިން ބުނީ އަންހެން ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕްއަށް ދޭނެ އިނާމެއް އަދި ކަނޑައަޅައިފައި ނުވާކަމަށެވެ.

މިއަހަރުގެ ފައިނަލް ރައުންޑް ކުޅުމަށް ހަމަޖެހިފައިވަނީ 6 ޖޫން ގައި ހުޅުމާލޭ ޔޫތް ޕާކުގައެވެ.

- ކޮމެންޓް