ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 16:28
ރާއްޖޭގެ ގައުމީ މުބާރާތުގައި ޒަޔާން އާއި ނަބާހާ
ރާއްޖޭގެ ގައުމީ މުބާރާތުގައި ޒަޔާން އާއި ނަބާހާ
ފޭސްބުކް
ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް
ޔޫގެންޑާ މުބާރާތުން ޒަޔާން އާއި ނަބާހާއަށް ލޯ މެޑަލް
މި މުބާރާތުގައި ޒަޔާން އާއި ނަބާހާގެ ޕެއާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި

ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާގެ ޕެއާ ލޯ މެޑަލް ހޯދައިފި އެވެ.

ޒަޔާން އާއި ނަބާހާގެ ޕެއާ މި މުބާރާތުގެ ސެމީއަށް ދަތުރުކުރިއިރު، ސެމީން ވަނީ އިންޑިއާގެ ކޯނާ ތަރުން އާއި ޖައްކަމްޕޫޑީ މޭގްނާގެ ޕެއާ އަތުން ބަލިވެފައެވެ. އެހެންކަމުން ޒަޔާން އާއި ނަބާހާއަށް ވަނީ މި މުބާރާތުން ލޯ މެޑަލް ލިބިފައެވެ.

ޒަޔާން އާއި ނަބާހާގެ ޕެއާ ޔޫގެންޑާ މުބާރާތުން ލޯ މެޑަލް ހޯދިއިރު، އެ ދެ ކުޅުންތެރިންވަނީ މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ޔޫގެންޑާގެ ޕެއާއެއް ކަމަށްވާ ޖޯޑަން ނިވަގާބާ އާއި ކެރޮލިން ނެގޮޔަންބާ އަތުން މޮޅުވީ 21-3 އަދި 21-5 އިންނެވެ. އަދި ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ކެންޔާގެ ޖޯން ވަނިއޯކީ އާއި މާސީ ޖޯސެފްގެ ޕެއާ 21-19 އަދި 21-15 އިން ބަލިކުރުމަށްފަހު އެވެ.

ޔޫގެންޑާ މުބާރާތުން ޒަޔާން އާއި ނަބާހާ ލޯ މެޑަލް ހޯދިއިރު، މި ޕެއާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްއިން ރަން މެޑަލް ހޯދާފައެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލް އެވެ.

- ކޮމެންޓް