ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 16:54
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ
ގެޓީ އިމޭޖަސް
ލިއޮނަލް މެސީ
ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތެއްތޯ ބަލަންޖެހޭ: މެސީ
ބާސާއިން ވަނީ މިކަމާއި ބެހޭ ގޮތުން ދެކެވިފައިވާ ހުރިހާ ވާހަކަތަކެއް ދޮގު ކޮށްފަ

ބާސެލޯނާއަށް ނިސްބަތްވާ ކުޅުންތެރިންގެ އަގު ވައްޓާލަން އެ ކުލަބުން ސޯޝަލް މީޑިއާގައި ކެމްޕޭނެއް ކުރަން ބަޔަކާ ހަވާލުކުރިތޯ ބަލަން ޖެހޭ ކަމަށް އެ ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނުން މި މައްސަލަ ފެންމަތި ކުރުމާއެކު ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ އެއީ ދޮގު ޚަބަރެއް ކަމަށާއި ބާސާއާއި ދެކޮޅަށް ދޮގު ޚަބަރު ފަތުރާނަމަ، އެކަން ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ މި މައްސަލައާއި ގުޅިގެން ބާސެލޯނާގެ ސީނިއަރ ކުޅުންތެރިންނާއި ބައްދަލު ވެސް ކޮށްފައެވެ. މި ބައްދަލުވުމަށް ފަހު ޓީމުގެ ކެޕްޓަން މެސީ ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ މިކަހަލަ ވާހަކަތައް (ބާސާ ކުޅުންތެރިންގެ އަގު ވައްޓާލާ ވާހަކަ) މީޑިއާގައި ދެކެވޭތީ އޭނާ އަށް ކުރެވެނީ އެހެންކަހަލަ އިހުސާސެއް ކަމަށާއި، މި ގޮތައް ވާހަކަދައްކާ މީޑިއާތަކުން އެ މީޑިއާތަކުގައި ހެކި ހުރިކަމަށްވެސް ބުނާ ކަމަށެވެ. މި ވަގުތައް ބަލާއިރު އޭނާއަށް މާގިނަ ވާހަކަތަކެއް ބުނެވެން ނެތް ކަމަށް ވެސް މެސީ ބުންޏެވެ. މެސީ އިތުރަށް ބުނީ މިވާހަކަތަކުގެ ތެދު ދޮގު ބަލަން ޖެހޭ ކަމަށާއި، މިއީ ދުވަހަކުވެސް އޭނާ ހީކުރި ކަމެއް ނޫން ކަމަށެވެ.

ބާސާއިން ވަނީ މިކަމާއި ބެހޭ ގޮތުން ދެކެވިފައިވާ ހުރިހާ ވާހަކަތަކެއް ދޮގު ކޮށްފައެވެ. މެސީ ބުނީ ބާސާގެ ސީނިއަރ ކުޅުންތެރިންނާ ބާޓޮމެއު ބައްދަލުކޮށްވެސް ދެއްކީ ހަމަ މިވާހަކަތައް ކަމަށް ވެސް މެސީ ބުންޏެވެ. މެސީ އިތުރަށް ބުނީ މިކަމުގައި އިތުރު ވާހަކައެއް މި ވަގުތު ދެއްކެން ނެތް ކަމަށާއި ތަފްސީލީ މައުލޫމާތެއްގެ މައްޗަށް ބުރަވެ ވާހަކަދައްކަން އޭނާ އަށް މިހާރު އުނދަގޫ ކަމަށެވެ.

ބާސާގެ ސްޕޯޓިން ޑިރެކްޓަރ އަބިޑާލް އާއި ޖެހުނު މައްސަލައާއި ގުޅިގެން މި ސީޒަނަށް ފަހު މެސީ ބާސާ ދޫކޮށްލާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ނަމަވެސް މެސީ ބުނީ އޭނާ އެޓީމު ދޫކޮށްލަންޖެހޭ ކަމަށް އަދި ނުދެކޭ ކަމަށާއި އެ ކްލަބުގައި މަޑުކުރާނެ ކަމަށެވެ.

- ކޮމެންޓް