ކ. މާލެ
|
14 ފެބްރުއަރީ 2020 | ހުކުރު 21:25
މިދިޔަ އަހަރުގެ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިދިޔަ އަހަރުގެ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް
އިންޓަރ ސްކޫލް / ކޮލެޖު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރުގެ މުބާރާތް އޮންނާނީ މާޗު މަހުގެ 22 ވަނަ ދުވަހު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަ ސްކޫލް / ކޮލެޖު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 22 އިން ފެށިގެން އޭޕްރީލް މަހުގެ 2 ގެ ނިޔަލަށެވެ. މިދިޔަ އަހަރުގެ މުބާރާތް ތިން އުމުރުފުރާއަށް ބަހާލައިގެން ބޭއްވިއިރު، މިއަހަރުގެ މުބާރާތްބޭއްވުމަށް ހަމަޖެހިފައިވަނީ 4 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި 16 ސްކޫލެއް ވަނީ ވާދަކޮށްފައެވެ. އެގޮތުން އަތޮޅު ތެރޭގެ 9 ސްކޫލެއް ވާދަކުރިއިރު، 400 އަށް ވުރެ ގިނަ ކުދިން ވަނީ މި މުބާރާތުގައި ވާދަކޮށްފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވިދާލީ ފ. އަތޮޅު މަދަރުސާއެވެ. އެގޮތުން މުބާރާތުގެ ތިން އުމުރުފުރާއަކުން ފ. އަތޮޅު މަދަރުސާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. ފ. އަތޮޅު މަދަރުސާ ޗެމްޕިއަންކަން ހޯދި އުމުރުފުރާތަކަކީ 14 އަހަރުން ދަށުގެ އަންހެން ބަޔާއި، ފިރިހެން ބައިގެ އިތުރުން 16 އަހަރުން ދަށުގެ ފިރިހެން ބަޔެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް