ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 15:45
އެފްއޭކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނިއުރޭޑިއަންޓް
އެފްއޭކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނިއުރޭޑިއަންޓް
އެފްއޭއެމް
އެފްއޭ ކަޕް
އެފްއޭ ކަޕް: ހުޅުވާ މެޗުގައި ޓީސީ އަދި އޭދަފުށީގެ ކުރިމަތިލުމެއް!
މި މުބާރާތުގެ ކުޅުން ފަށާނީ މާރޗް 5 ގައި
މި އަހަރުގެ އެފްއޭ ކަޕްގައި 8 ޓީމަކުން ވާދަކުރާނެ
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނިއުރޭޑިއަންޓް

މެދުކެނޑުމަކަށްފަހު ފަށާ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްއޭ ކަޕް ހުޅުވާ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އޭދަފުށި ބައްދަލުކުރަން ޖެހިއްޖެއެވެ.

މި އަހަރުގެ އެފްއޭ ކަޕްގައި 8 ޓީމަކުން ވާދަކުރާނެއެވެ. އެއީ ދިރާގު ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެނެޑް ރެކްރިއޭޝަން، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ފޯކައިދޫ ފުޓުބޯޅަ ކްލަބް، ވިލިމާލެ ޔުނައިޓެޑް އަދި ކްލަބް އޭދަފުއްޓެވެ. މި މުބާރާތުގައި ކުރިން ވާދަކުރާނެކަން އިއުލާންކުރި ލެގޫންސް ސްޕޯޓްސް ކްލަބުން މިހާރު ވަނީ މި މުބާރާތުގައި ބައިވެރިނުވާން ނިންމައިފައެވެ.

އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ދިގުލައިގެން ދިޔުމާއެކު އެ އަހަރު މި މުބާރާތްތައް ކެންސަލްކުރި އެވެ.

މި މުބާރާތުގެ ކުޅުން މާޗުމަހުގެ 5 ވަނަ ދުވަހު ފެށުމަށް ތާވަލް ކޮށްފައިވާއިރު، އެދުވަހު ހަވީރު ބައްދަލުކުރާނީ ޓީސީ އާއި އޭދަފުށްޓެވެ. އަދި އެރޭ ބައްދަލުކުރާނީ ފޯކައިދޫ ފުޓުބޯޅަ ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އަދި ހަވަނަ ދުވަހު ހަވީރު މާޒިޔާއިން ގްރީން އާއި ދެކޮޅަށް ނުކުންނައިރު އެރޭ އީގަލްސްއިން ނުކުންނާނީ ވިލިމާލޭ ޔުނައިޓެޑާއި ދެކޮޅަށެވެ.

މި މުބާރާތުގެ މެޗުތައް ކުޅޭނީ ނޮކްއައުޓް އުސޫލުންނެވެ.

1988 ވަނަ އަހަރު ފެށި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެ ޓީމުން 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް