ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 17:16
ޕައުލޯ ޑިބާލާ
ޕައުލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޕައުލޯ ޑިބާލާ
ޑިބާލާގެ އެއްބަސްވުން އާކުރަން ޔުވެންޓަސްއިން މަސައްކަތް ކުރަނީ
ޔުވެންޓަސްއިން ބޭނުންވަނީ ޑިބާލާގެ އެއްބަސްވުން 2025 ގެ ނިޔަލަށް އާކުރަން

އާޖެންޓީނާގެ ފޯވަރޑް ޕައުލޯ ޑިބާލާގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ޔުވެންޓަރސްއިން ފަށައިފި އެވެ.

ޔުވެންޓަރސްއާ އެކު ޑިބާލާ މިހާރު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އެޓީމުން ހުށަހަޅަން ތައްޔާރުވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ.

ޔުވެންޓަރސްއިން ޑިބާލާއަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ހުށަހަޅަން މި މަސައްކަތް ފަށާފައިވަނީ ނިމިދިޔަ ޖެނުއަރީ ޓްރާންސްފަރގައި ޑިބާލާ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ގިނަ ކްލަބުތަކަކުން މަސައްކަތް ކުރުމުންނެވެ. އެގޮތުން ޑިބާލާ ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕަރސްއިން ވަނީ މަސައްކަތް ކޮށްފައެވެ.

ޔުވަންޓަރސްއާ 2015 ވަނަ އަހަރު ގުޅުނު ޑިބާލާ އެ ކްލަބު ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށްވެސް މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޔުވަންޓަރސް އަށް މިހާތަނަށް ކުޅުނު 210 މެޗުގައި 89 ލަނޑު ކާމިޔާބުކޮށްފައިވާ ޑިބާލާ ވަނީ އެ ކުލަބާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު، އިޓާލިއަން ކަޕް ތިން ފަހަރު އަދި އިޓާލިއަން ސުޕަރ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އާޖެންޓީނާ ގައުމީ ޓީމަށް 28 މެޗު ކުޅެފައިވާ ޑިބާލާ ވަނީ ތިން ފަހަރު އިޓާލިއަން ލީގުގެ ޓީމް އޮފް ދަ އިޔަރގައި ހިމެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް