ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 12:14
ހެލަސް ވެރޯނާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ހެލަސް ވެރޯނާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޔުވެންޓަސް ބަލިވިޔަސް ރޮނާލްޑޯއަށް ރެކޯޑެއް
ހެލަސް ވެރޯނާ އަތުން ޔުވެންޓަސް ބަލިވީ 2-1 އިން

އިޓާލިއަން ލީގުގައި ހެލަސް ވެރޯނާ އަތުން 2-1 އިން ޔުވެންޓަސް ބަލިވި މެޗުގައި އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބު ރެކޯޑެއް ހަދައިފި އެވެ.

ވެރޯނާގެ ދަނޑުގައި ކުޅުނު ހޮނިހިތު ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލްޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 65 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ޔުވެންޓަސް އަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖަހައި ރޮނާލްޑޯ ކްލަބު ރެކޯޑް ހެދިއިރު، ކުރިން ރެކޯޑް އޮތީ 9 މެޗުގައި ލަނޑު ޖެހި ފްރާންސް ފޯވާޑް ޑޭވިޑް ޓްރެޒެގޭ އަތުގަ އެވެ.

ރޭގެ މެޗުގައި ވެރޯނާ އިން ނަތީޖާ އެއްވަރުކުރީ 76 ވަނަ މިނެޓުގައި ފަބިއޯ ބޮރީނީ ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ވެރޯނާ މޮޅުކޮށްދިނީ ޖިއަމްޕޯލޯ ޕަޒިނީ އެވެ.

ރޭގެ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލަން ޔުވެންޓަސްއަށް ފުރުސަތު ލިބުނު ނަމަވެސް، މި މެޗުން ބަލިވެ ޔުވެންޓަސް އެއްވަނައިގައި އޮތީ 54 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 51 ޕޮއިންޓާ އެކު އޮތް އިންޓަ މިލާނަށް އާދީއްތަ ދުވަހުގެރޭ އޭސީ މިލާން އަތުން މޮޅުވެގެން އެއްވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ހޮނިހިރު ދުވަހުގެރޭގެ މެޗުން މޮޅުވެ މި ސީޒަނުގައި އިޓާލިއަން ލީގަށް ޕްރޮމޯޓްވި ވެރޯނާ އޮތީ 39 ޕޮއިންޓު ހޯދައި ތާވަލުގެ ހަވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް