ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 09:20
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
ލިއޮނެލް މެސިީ
މެސީ ކެރިޔަރ ނިންމާލާނީ ބާސާގައި: ގާޑިއޯލާ
މެސީ އާއި އަބިދާލް ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ
ބާސާގެ މެނޭޖްމެންޓާއި މެސީއާ އޮތް ގުޅުން ވަނީ ހީނަރުވެފަ

ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ފުޓުބޯޅަ ކެރިޔަރ ނިންމާލާނީ ބާސެލޯނާގައި ކަމަށް ކުރީގެ ބާސާގެ ކޯޗު އަދި މިހާރު މެންޗެސްޓާ ސިޓީގެ ކޯޗުކަން ކުރަމުން އަންނަ ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނިއިރު މެސީ ބާސާ ދޫކޮށްލަން އުޅޭ ކަމުގެ އަޑުވަނީ ގަދަވެފައެވެ. އަދި ބާސާގެ މެނޭޖްމެންޓާއި މެސީއާ އޮތް ގުޅުން ހީނަރުވެފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގާޑިއޯލާ ބުނީ މެސީ އޭނާގެ ކެރިޔަރ އެއްކޮށް ހޭދަކޮށްފައިވަނީ ބާސާގައި ކަމަށާއި ބާސާގެ މެނޭޖްމެންޓާއި މެސީ އާއި ދޭތެރޭ މައްސަލައެއް ޖެހިގެން އުޅޭހެން ހީނުވާ ކަމަށެވެ. އަދި މެސީ އޭނާގެ ކެރިޔަރ ނިންމާލާނީ ބާސާގައި ކަމަށާއި އެއީ ހުދު އޭނާ ވެސް ބެނުންވާ ގޮތް ކަމަށް ގާޑިއޯލާ ބުންޏެވެ.

ބާސާ އާއި އެކު މެސީ ކްލަބް ލެވެލްގައި ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދައިފައިވާ ކަމަށާއި ދެން އިތުރަށް ކްލަބް ލެވެލްގައި މެސީގެ ފެންވަރު އިތުރަށް ކިޔައިދޭން ނުޖެހޭނެ ވަރަށް އޭނާ ވަނީ މިދިޔަ ހުރިހާ ސީޒަނެއްގައި ޕާފޯމް ކޮށްފައި ކަމަށް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ މިހެން ބުނިއިރު ދާދިފަހުން މީސް މީޑިއާގައި މެސީ އަދި ބާސަގެ ސްޕޯޓިންގ ޑިރެކްޓަރ އަބިދާލް އާއި މެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ.

އަބިދާލް ބުނީ ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ

ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން އެޓީމުގެ ބައެއް ކުޅުންތެރިންނާއި ވަލްވޭޑޭއާ ދެމެދު ހިތްހަމަނުޖެހުން އުފެދުނު ކަމަށްވެސް އަބިދާލް ބުންޏެވެ.

އަބިދާލް އަށް ރައްދު ދެމުން މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ތުހުމަތުތަކެއް ކުރާއިރު، އެ ކުޅުންތެރިންގެ ނަން ހާމަކުރަން ޖެހޭނެ ކަމަށާއި ކުޅުންތެރިންގެ ނަން ހާމަނުކުރާނަމަ އެ ތުހުމަތުކުރެވެނީ މުޅި ޓީމަށް ކަމަށެވެ. އަދި ދަނޑުމަތީގައި ހިނގާ ކައްތައްތަކަށް އެންމެ ފުރަތަމަ ޒިންމާ ނަގަން ޖެހޭނީ ކުޅުންތެރިން ކަމަށާއި، މެޗެއްގައި ރަނގަޅަށް ނުކުޅެވިއްޖެ ނަމަ އެ ކުޅުންތެރިއަކަށް އެކަން ފާހަގަކޮށްދޭ ކަމަށެވެ. އަދި ވަކި ކުޅުންތެރިޔެއްގެ ނަން ނުހިމަނާ އެފަދަ ވާހަކަތައް ދެއްކުމުން ދޮގު މައުލޫމާތު ފެތުރި ޓީމު ބަދުނާމުވާ ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް