ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 19:56
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން
ޕިއޭ-އެމެރިކް އޮބާމަޔަން
ސީޒަން ނިމުމުން އޮބާމަޔަން އަށް ބާސާއިން އަނެއްކާވެސް ބިޑު ކުރަނީ
ޖެނުއަރީ ޓްރާންސްފާގައިވެސް ބާސާއިން ވަނީ އޮބާމަޔަން ހޯދަން މަސައްކަތް ކޮށްފައި

މި ސީޒަން ނިމުމުން އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އަށް ބާސެލޯނާ އަލުން ބިޑުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގެބޮން އަށް އުފަން އުމުރުން 30 އަހަރުގެ އޮބާމަޔަން މި ވަގުތު އާސެނަލްގެ އެއްބަސްވުމުގައި ހުރީ 2021 ވަނަ އަހަރާ ހަމައަށެވެ. އާސެނަލުން އޮބާމަޔަން އަށް އައު އެއްބަސްވުމެއް ދޭން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މިފަހަރުގެ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އޮބާމަޔަން ހޮދަން ބާސާއިން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ނަމަވެސް އޮބާމަޔަންއަސް ބާސާއިން އަދިވެސް ޝައުގުވެރިވާ ކަމަށާއި، މި ސީޒަން ނިމުމާއެކު އެނާ ހޯދަން އަނެއްކާވެސް ބާސާއިން ބިޑު ކުރާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އޮބާމަޔަން ހޯދަން 50 މިލިއަން ޔޫރޯގެ ބިޑެއް ކުރަން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުކުރެ އެވެ.

ބާސެލޯނާއިން އޮބާމަޔަން ހޯދަން އެންމެ ބޮޑަށް ބޭނުންވާ އެއް ސަބަބަކީ އެޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހުމެވެ.

މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 63 މިލިއަން ޔޫރޯ އަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 92 މެޗުގައި 57 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް