ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 18:38
ލާޒިއޯ އާއި ވެރޯނާ ބައްދަލުކުރި މެޗުގެ ތެރެއިން
ލާޒިއޯ އާއި ވެރޯނާ ބައްދަލުކުރި މެޗުގެ ތެރެއިން
އިޓާލިއަން ލީގު
ދެވަނައަށް އަރަން ލިބުނު ފުރުސަތު ލާޒިއޯއިން ނަގާލައިފި
ލާޒިއޯ އައި ހެލަސް ވަރޯނާ ބައްދަލުކުރި މެޗު ނިމުނި 0-0 އިން އެއްވަރުުވެގެން

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ހެލަސް ވެރޯނާއާ އެއްވަރުވެ، ތާވަލުގެ ދެވަނަ އަށް އަރަން ލިބުނު ފުރުސަތު ލާޒިއޯއިން ނަގާލައިފި އެވެ.

މި މެޗަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ކުޅެން އޮތް މެޗެކެވެ. އެކަމަކު އިޓާލިއަން ސުޕަރ ކަޕަށް ފުރުސަތު ދިނުމަށް މި މެޗު ފަސްކުރިއިރު، ބުދަ ދުވަހުގެރޭ ކުޅުނު މެޗު ނިމުނި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެވެ.

މި ނަތިޖާއާއެކު ލާޒިއޯ މިހާރު އޮތީ 22 މެޗުން 50 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ތާވަލުގެ ދެވަނައިގައި 22 މެޗުން 51 ޕޮއިންޓާއެކު އޮތީ އިންޓަރ މިލާނެވެ. އަދި އެއްވަނައިގައި 22 މެޗުން 54 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެވެ.

ލާޒިއޯގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވިއިރު، މި މެޗުގައި ގިނަ ހަމަލާތަކެއްވެސް އުފެއްދީ އެޓީމުންނެވެ. މި މެޗު އެއްވަރުވިއިރު، ލާޒިއޯއިން ވަނީ ބަލިނުވެ 17 މެޗު ފުރިހަމަކޮށްފައެވެ.

ލީގުގައި ދެން ލާޒިއޯ ބައްދަލުކުރާނީ ޕާމާ އާއެވެ. މި މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް