ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 16:32
ބަޔާން އަދި ހޮފެއިންހެއިމް ބައްދަލުކުރި މެޗުގެ ތެރެއިން
ބަޔާން އަދި ހޮފެއިންހެއިމް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޖަރުމަން ކަޕް
ލެވެންޑޮސްކީގެ ދެ ލަނޑުން ހޮފެންހެއިމް ބަލިކޮށް ބަޔާން ކުއާޓާއަށް
މި މެޗު ބަޔާންއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުން

ޖަރުމަން ކަޕްގައި ހޮފެންހެއިމް ކޮޅަސް ލެވެންޑޮސްކީ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ބަޔާން މިޔުނިކް ކުއާޓަރއަށް ދަތުރުކޮށްފި އެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާން އިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން 8 ވަނަ މިނެޓުގައި ހޮފެންހެއިމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑަކީ ބަޔާންގެ ޑިފެންޑަރ ޖެރޫމް ބޯޓެންގ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ހަތަރު މިނެޓުފަހުން ހޮފެންހެއިމްގެ ބެންޖެމެން ހޮބްނަރ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ބަޔާނުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި ބަޔާނުން ވަނީ އިތުރު ލަނޑެއްޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވަރޑް ތޯމަސް މުލާ އެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި ބަޔާންގެ ފޯވަރޑް ލެވެންޑޮސްކީ ވަނީ ލަނޑު ޖަހާ ބަޔާންގެ ލީޑު ފުޅާ ކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާ އަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ހޮފެންހެއިމް އިން ޑިފެންސިވް ގޭމެއް ކުޅެމުން ގެންދިޔައިރު ބަޔާނުން ވަނީ ހޮފެންހެއިމްގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. މެޗުގެ 80 ވަނަ މިނެޓުގައި ލެވެންޑޮސްކީ ވަނީ އިތުރު ލަނޑެއްޖަހާ ބަޔާންގެ ލީޑު ފުޅާ ކޮށްދީފައެވެ. މިއީ މި ސީޒަނުގައި ލެވެންޑޮސްކީ ކާމިޔާބުކުރި 35 ވަނަ ލަނޑެވެ. އަދި މި ލަނޑާއިއެކު ލެވެންޑޮސްކީ ވަނީ އެންމެ ފަހުން ބަޔާން ކުޅުނު ހަތަރު މެޗުގައި ވެސް އެޓީމަށް ލަނޑު ޖަހައިދީފައެވެ. އޭގެ ދެ މިނެޓުފަހުން ހޮފެންހެއިމްގެ މުނަސް ޑެބޫރް ވަނީ ހޮފެއިން ހަމަށް ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފަރަޤު ކުޑަ ކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް