Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 07:48
ރ.މަޑުއްވަރީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ރ.މަޑުއްވަރީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ޕޮލިސް
ފުލުހުން
ފަތުރުވެރިންނަށް ހަމަލާދިނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ޝައްކުކުރެވޭ: ފުލުހުން
ހަމަލާ ދީފައިވަނީ ތިން މީހަކަށް
މިތިން މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން
ވީޑިއޯގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ބަޔަކު ކަމަށް ޝައްކުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކުރި ބަޔާނެއްގައި ވަނީ 04 ފެބްރުއަރީވީ އަންގާރަ ދުވަހުގެ 19:00 އާއި 20:00 އާދެމެދުގެ ވަގުތެއްގައި ހުޅުމާލޭގައި 3 ބިދޭސީންނަށް ދީފައިވާ ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހަރުކަށި ފިކުރަށް ނިސްބަތްވާކަމަށް ތުހުމަތުކުރެވޭ ބަޔަކު ދީފައިވާ މިހަމަލާގައި އަނިޔާވި މީހުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، އެފަރާތްތަކުގެ ހާލަތު ރަނގަޅުކަމަށް މަޢުލޫމާތު ލިބޭ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ފުލުހުން ބުނީ މިހަމަލާގެ ޒިންމާ ނަގާ، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ މެސެޖެއްގެ ސައްޚަކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ދިވެހިންނާއި ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުންދާނެކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތިމަންނާމެންމީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގެ ގޮފިކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް