ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 18:49
ފްރެންސިސްކޯ ޓްރިންސާއޯ
ފްރެންސިސްކޯ ޓްރިންސާއޯ
ގެޓީ އިމޭޖަސް
ބާސެލޯނާ
ބާސާއިން ބްރާގާ އަށް ކުޅެމުން އަންނަ ޓްރިންސާއޯގެ ސޮއި ހޯދަނީ
ޓްރިންސާއޯ އަކީ ޕޯޗުގަލްގެ ޒުވާން ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ ކުޅުންތެރިއެއް
ބާސާއިން ޓްރިންސާއޯގެ ސޮއި ހޯދުމަށް ދަނީ 31 މިލިއަން ޔޫރޯގެ ބިޑްއެއް ހުށަހެޅުމަށް ތައްޔާރުވަމުން
މި ސީޒަނުގައި ބްރާގާ އާއި އެކު 11 މެޗު ކުޅެ ޓްރިންސާއޯ ވަނީ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ

ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއިން ޕޯޗުގަލްގެ ބްރާގާއަށް ކުޅެމުން އަންނަ ފްރެންސިސްކޯ ޓްރިންސާއޯގެ ސޮއި ހޯދަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބާސާއިން ޓްރިންސާއޯގެ ސޮއި ހޯދުމަށް ދަނީ 31 މިލިއަން ޔޫރޯގެ ބިޑްއެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބާސާއިން ޓްރިންސާއޯގެ ސޮއި ހޯދުމަށް މަސައްކަތް ކުރަނީ އެކްލަބްގެ ފޯވާޑް ލުއިސް ސުއަރޭޒްގެ އުމުރު މައްޗަށް ދިއުމާއި ގުޅިގެންނާއި އެ ސުއަރޭޒްއަށް މިވަގުތު އަނިޔާ ވެފައިވުމުގެ ސަބަބުންނެވެ.

ބީބީސީ ސްޕޯޓްސް އިން ބުނީ ޓްރިންސާއޯ އާއި ބާސެލޯނާއާއި ދެމެދު ވާހަކަ ދެކެވިފައިވާ ކަމަށާއި ޓްރިންސާއޯ ވަނީ ބާސާއަށް ބަދަލުވުމަށް އެއްބަސްވެފައިކަމަށެވެ. އަދި މިހާރު ކުރިޔަށްދަނީ ބްރާގާ އާއި ބާސާއާއި ދެމެދު ކުރެވެމުންދާ މަޝްވަރާތައް ކަމަށް ވެސް ބީބީސީ ސްޕޯޓްސްއިން ބުނެއެވެ.

21 އަހަރުގެ ޓްރިންސާއޯ އަކީ ޕޯޗުގަލްގެ ޒުވާން ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ ކުޅުންތެރިއެކެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ޖަނަވަރީ މަހު އޭނާ ވަނީ ޕޯޗުގަލްގެ ސީނިއާ ޓީމަށްވެސް ކުޅެފައެވެ.

މި ސީޒަނުގައި ބްރާގާ އާއި އެކު 11 މެޗު ކުޅެ ޓްރިންސާއޯ ވަނީ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީ ދެ ލަނޑު ޖެހުމަށް އެހީތެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް