ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 19:25
ވެލެންސިއާ އަދި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ވެލެންސިއާ އަދި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދެވަނަ ޑިވިޝަން
ދެވަނަ ޑިވިޝަން: ވެލެންސިއާއިން ފަސޭހަކަމާއިއެކު ބީޖީ ވެސް ބަލިކޮށްފި
މި މެޗު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކްލަބް ވެލެންސިއާއިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ބީޖީ ސްޕޯޓްސް އާއި ދެކޮޅަށް ވެލެންސިއާއިން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ވެލެންސިއާގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު މި ހާފުގެ ވަރަށް ކުރީކޮޅު ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ވެލެންސިއާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތް ފަހުމީއެވެ. މި ލަނޑަށް ފަހު ވެސް ވެލެންސިއާއިން ގެންދިޔައީ ބީޖީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައިވެއެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެމިއުލް ޑެޑީއެވެ. މި ލަނޑަށްފަހު ވެސް ވެލެންސިއާއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. މެޗުގެ 44 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ސެމިއުލް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން ވެލެންސިއާގެ ސެމިއުލް އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއްލިބި

ބޭކާރުވެފައެވެ. މެޗުގެ 90 ވަނަ މިނެޓުގައި ބީޖީއިން ވަނީ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާހް ޒިޔާދު އެވެ. ނަމަވެސް އޭގެ މިނެޓެއްފަހުން ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިން މިދުހަތް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް