ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 14:26
ޓައިގާ ޒިންދާ ހޭގެ ޝޫޓިންގެ މަންޒަރެއްގައި ސަލްމާން ހާން އަދި ކެޓްރީނާ އެކުގައި
ޓައިގާ ޒިންދާ ހޭގެ ޝޫޓިންގެ މަންޒަރެއްގައި ސަލްމާން ހާން އަދި ކެޓްރީނާ އެކުގައި
ގޫގުލް
ސަލްމާން ހާން
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު
ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ޔޫރަޕްގައި

ފަސް އަހަރަށް ފަހު ސަލްމާން ހާންއާ ކެޓްރީނާ ކައިފްއެކުގައި ކުޅޭ ފުރަތަމަ ފިލްމުގެ ފުރަތަމަ މަންޒަރު ދެ ތަރިންގެ ސަޕޯޓަރުންނާ ހިއްސާކޮށްފިއެވެ.

މީގެ ފަސް އަހަރު ކުރިން ބެލުންތެރިންގެ ފަރާތުންނާއި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އޭކް ތާ ޓައިގާ" ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް މިވަނީ ފަށައިފައެވެ. އެގޮތުން "ޓައިގާ ޒިންދާ ހޭ"ގެ ނަމުގައި އުފައްދާ މި ފިލްމުގެ ޝޫޓިންގެ މަސައްކަތު ކެޓްރީނާ އަދި ސަލްމާން ހާން ވަނީ ޔޫރުޕްގައި ފަށާފައެވެ. އަދި ފިލްމުގެ ޝޫޓިންގެ މަންޒަރެއް ދައްކުވައިދޭ ފޮޓޯއެއް ސަލްމާން ހާން ވަނީ ޓުވިޓާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

އޮސްޓިރިޔާގައި ޝޫޓް ކުރަމުންދާ ފިލްމް "ޓައިގާ ޒިންދާ ހޭ" ފުރަތަމަ މަންޒަރު ސަލްމާން ހިއްސާކޮށްފައިވާއިރު އެ ފޮޓޯ އިން ފެނިގެން ދަނީ ދެ މީހުން އެކަކު އަނެކަކަށް ބަލަން ތިބޭ މަންޒަރެވެ.

ސަލްމާން ހާން މި ފިލްމުގައި ފެނިގެން ދާނީ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯ ގައި މަސައްކަތްކުރާ އެޖެންޓެއްގެ ރޯލެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލެވެ.  

- ކޮމެންޓް