Advertisement
ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 14:09
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމް
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމް
ރައްޔިތުންގެ މަޖިލިސް
އަލީ އާޒިމް
ކޯލިޝަން އޮތުމުން ދަތިވޭ، ނަމަވެސް ރޫޅާލުމުގެ ވިސްނުމެއް ނެތް: އެމްޑީޕީ
ސީއެސްސީ އޮތީ ފެއިލްވެފައި: އާޒިމް

ކޯލިޝަނެއްގައި މަސައްކަތް ކުރަމުން ޖެހުމުން ދަތިތަކާއި ދިމާވާ ކަމަށާއި، އެކަމަކު ކޯލިޝަން ރޫޅާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެމްޑީން ބުނެފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުުގެ ލީޑަރު އަލީ އާޒިމް ހޮނިހިރު ދުވަހު ރާއްޖެ.އެމްވީ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، އެންމެ އެކަށީގެންވާ ބާރުމިނުގައި، ހިނގަންވާ ގޮތަށް ސަރުކާރު ހިނގައިނުގަނެގެން އުޅެނީ، ސިވިލް ސަރވިސް ކޮމިޝަނުން މަސައްކަތް ކުރަންޖެހޭ ރޫހުގައި އެކަން ނުކުރެވުމާއި އެކު ސަރުކާރު ކޯލިޝަންގެ ތެރެއިން އެމްޑީޕީގެ '' ޕޮޕިއުލަރިޓީ'' ހުއްޓުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ބައެއް ވުޒާރާތަކުން ކުރަންވާ މަސައްކަތް ނުކުރާތީ ކަމަށެވެ. އާޒިމް ވިދާޅުވީ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަން އޮތީ ފެއިލްވެފައެވެ.

ކޯލިޝަންގެ ވާހަކައިގެ އިތުރު ތަފްސީލު ބަޔާންކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އާޒިމް ވިދާޅުވީ، ކޯލިޝަނެއްގެ ގޮތުގައި ތިބެގެން މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ބައެއް ބޭފުޅުން ވާހަކަ ދައްކަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ތާއިދެއް ލިބިދާނެތީ އެ ތާއިދު ހުއްޓުވުމަށް ކަމަށެވެ.

Advertisement

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އެމްޑީޕީ އަށް ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، ކޯލިޝަން ހަދަނީ އެއް ބައެއް ނޫން ކަމަށެވެ. އެއީ އެކުގައި އެންމެން މަސައްކަތް ކުރުމުގެ ނިޔަތުގައި ހެދި ކޯލިޝަނެއް ކަމަށެވެ.

ކޯލިޝަން ރޫޅާލަން އެމްޑީޕީން މަސައްކަތް ކުރަމުންދޭތޯ ސުވާލުކުރުމުން އާޒިމް ވިދާޅުވީ، ކޯލިޝަން ރޫޅާލާކަށް މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް ކޯލިޝަން ތެރެއިން ހަދާ ގޯސްތަކުގެ ވާހަކަ އަބަދުވެސް ދައްކާނެ ކަމަަށް ވިދާޅުވިއެވެ.

ކޯލިޝަން ތެރޭގައި މަސައްކަތްނުކުރާ އެކި އެކި ވުޒާރާތަކުގެ އެކިއެކި ކުންފުނިތަކުގެ ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދައްކާނަން. އެއީ އަޅުގަނޑުމެން އެކުގައި ތިބެ މަސައްކަތް ކުރަމުންދާތީވެ އަޅުގަނޑުމެން އެ ވާހަކަދައްކާނީ
އަލީ އާޒިމް ~ މެދުހެންވޭރު ދާއިރާ

ކޯލިޝަން ރޫޅާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އާޒިމް ވިދާޅުވެފައިވާއިރު، ކޯލިޝަންގެ ސަބަބުން ބައެއް މަޝްރޫޫއުތަކަށް ހުރަސް އެޅޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކ. ގުރައިދޫގައި ވާހަކަ ދައްވަމުން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 ޖެނުއަރީ 2020 | އާދީއްތަ 01:58
ގަބީލާ
ޔަގީން ރޫޅާލަނީ.