ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 19:04
ނ.މާޅެންދޫ
ނ.މާޅެންދޫ
ގޫގުލް
މަސްތުވާތަކެތި
މާޅެންދޫއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕްރިންސިޕަލް ދޫކޮށްލައިފި
އެނާ ހައްޔަރުކުރީ މިމަހުގެ 07 ވަނަ ދުވަހު
ޔޫސުފް ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް، ހެނބަދޫ ކޯޓަށް ގެންދިއުމުން
ސިވިލްސާވިސްގެ ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ

ނ. މާޅެންދޫއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ރަށު ސްކޫލުގެ ޕްރިންސިޕަލް ދޫކޮށްލައިފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން މާޅެންދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އެރަށު ސްކޫލުގެ ޕްރިންސިޕަލް ޔޫސުފް އާދަމް ހައްޔަރުކުރީ ޖެނުއަރީ 14 ވަނަ ދުވަހުއެވެ.

ޔޫސުފް ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް، ނ. އަތޮޅު ހެނބަދޫ ކޯޓަށް ގެންދިއުމުންނެވެ.

މީގެ އަހަރުތަކެއް ކުރިން ފެށިގެން ތައުލީމީ ދާއިރާގައި ހިދުމަތް ކުރަމުން ގެންދަވާ ޔޫސުފް ހައްޔަރުކޮށްފައިވަނީ ލޯންޗަކުން އެ ރަށަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ކުރިން އޭނާ ފަރާތުން މިފަދަ އަމަލެއް ފެނިފައިވާ ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޔޫސުފްއާ މެދު ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

- ކޮމެންޓް