ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 08:35
ވޮޑަމުލާ
ވޮޑަމުލާ
ގޫގުލް
ބިދޭސީން
ވޮޑަމުލާއިން ދާންދޫއަށް ގެންގޮސް ދޫކޮށްލާފައި ތިބި ބިދޭސީން އަނބުރާ ގެންގޮސްފި
18 ބިދޭސީން ދާންދޫއަށް ގެންގޮސް ބާލާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު
ބުރާސްފަތި ދުވަހުގެ ރޭ 10:53 ހާއިރު އަނބުރާ ގެންގޮސްފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައި
މިކަމާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުންބުނި

ގއ. ވޮޑަމުލާ (ރިސޯޓް ހަދަމުންދާ ރަށެއް) އިން އެ އަތޮޅު ދާންދޫއަށް ގެންގޮސް ދޫކޮށްލާފައި ތިބި ބިދޭސީންތަކެއް އަނބުރާ ވޮޑަމުލާއަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ފުލުހުންބުނީ ވޮޑަމުލާގައި މަސައްކަތް ކުރާ 18 ބިދޭސީން ދާންދޫއަށް ގެންގޮސް ބާލާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު ކަމަށެވެ.

ފުލުހުން ބުނީ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފުލުހުންނާއި ހިއްސާކޮށްފައިވުމުން ފުލުހުންނާއި ކައުންސިލުން އެރަށް ތަރައްޤީކުރާ ފަރާތާއި ވާހަކަދައްކައިގެން އެމީހުން ގެންދިއުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މި މީހުން ދާންދޫއަށް ގެންގޮސްފައިވަނީ އެމީހުން މަސައްކަތް ކުރާ ރަށުން ދާން ބޭނުންވުމުން އެމީހުންނަށް ތިން މަހުގެ މުސާރަ ދިނުމަށްފަހު ބުރާސްފަތި ދުވަހު ދާންދޫއިން ފުރާ ބޯޓަކުން މާލެ ފުރުވާލުމަށް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެމީހުންވަނީ އެމީހުންނާއި ހަވާލުވާނެ މީހަކު ނެތްކަމަށާއި އެރަށަށް އެމީހުންދޫކޮށްލާފައި ދިޔައީކަމަށް ރަށުން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ، މުހައްމަދު އަލީ ވިދާޅުވެފައިވަނީ އެ ރިސޯޓުގެ ފަރާތުން އައި 18 ބިދޭސީން ބުރާސްފަތި ދުވަހުގެރޭ 10:53 ހާއިރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ބިދޭސީންނާ ހަވާލާދީ އެރަށު ކައުންސިލުން ބުނެފައިވަނީ އެމީހުން އެރަށަށް ގެންގޮސް ދޫކޮށްލާފައިވަނީ ހަ މަސް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެމީހުން އިހުތިޖާޖު ކުރުމުން ކަމަށެވެ.

އެމީހުންގެ ވޯކް ޕާމިޓްތައް ހުރިތޯ ބެލިއިރު، ވޯކް ޕާމިޓް އޮތީ އެންމެ މީހެއްގެ އަތުގައި ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

- ކޮމެންޓް