ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 23:41
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ސްރީލަންކާ
ރާއްޖެއަށް ލަންކާގެ މަޝްހޫރު މެލްވާ ކޮންސްޓްރަކްޝަން ބްރޭންޑް އިފްތިތާހްކޮށްފި
ކޮލެޓީ ބްރޭންޑެއް
ރާއްޖޭގެ ކޮންސްޓްރަކްޝަންގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް
މީހުން ބަލައިގަންނަ އިތުބާރު ލިބިފައިވާ ބްރޭންޑެއް

ރާއްޖެއަށް ސްރީލަންކާގެ މަޝްހޫރު މެލްވާ ކޮންސްޓްރަކްޝަން ބްރޭންޑް އިފްތިތާޙުކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މިރަސްމިއްޔާތުގައި ބައިސަން މޯލްޑިވްސްއާއި މެލްވާއާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގައި މެލްވާގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޑިރެކްޓަރު ޕީ.ޕީ. މުރުގަނަންދަންއެވެ. ބައިސަންގެ ފަރާތުން ސޮއިކުރެއްވީ އަބްދުލް މަޖީދެވެ.

މިބްރޭންޑް އިފްތިތާޙުކޮށްދެއްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ މެލްވާ ބްރޭންޑްގެ ކޮލެޓީ އަދި ސޭފްޓީ ސްޓެންޑާޑްތައް އަބަދުވެސް އެންމެމަތީ ފެންވަރުގައި ހިފަހައްޓާއިރު، މިފަދަ ބްރޭންޑެއް ރާއްޖެއަށް ތަޢާރަފުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ފަޚުރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކޮންސްޓްރަކްޝަންގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށާއި، ބްރޭންޑުގެ ސަބަބުން ރާއްކާތެރިކަން އިތުރަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ލަންކާއަކީ އަބަދު ވެސް ރާއްޖޭގެ ގާތްއެކުވެރިއެއް ކަމަށާއި، ޤައުމު ކުރިއެރުވުމުގައި ފުރިހަމަ އެއްބާރުލުން އަބަދުވެސް ލަންކާގެ ފަރާތުން ލިބޭ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މެލްވާ ބްރޭންޑުން އުފައްދާ އެއްޗެހިން އެންމެ ފާހަގަލެވެނީ ކިއުއެސްޓީ ރެބާރސް މިދަގަނޑެވެ. މިދަގަނޑަކީ ވަރުގަދަ އެންމެ ބިންދައިގެން ދިއުމަށް ފުރުޞަތު ކުޑަ ހައި ކޮލެޓީ ދަގަނޑުތަކެވެ. 600 ޑިގްރީ ސެލްސިއަސްއާ ހަމައަށް ހޫނުވިޔަސް ދަގަނޑު ކޮލެޓީއަށް ބަދަލު ނާންނައިރު، ދަބަރު ޖެހުން ކުޑަ ކުރުމަށް ޚާއްޞަ އޮކްސައިޑް ލޭޔަރއެއް ލެވިފައިވެއެވެ. އަދި އެންމެ ބޮޑެތި ބިލްޑިންގތައް ހެދުމުގައި ވެސް މިދަގަނޑު ބޭނުން ކުރެވޭ ފެންވަރަށް ދަގަނޑު ވަރުގަދަކޮށްފައެވެ.

މެލްވާ ބްރޭންޑުން ސްރީލަންކާގެ ކޮންސްޓަރަކްޝަން ސިނާޢަތުގައި ބޭނުންކުރާ އެންމެ ފެންވަރުމަތީގެ ދަގަނޑުގެ ގޮތުގައި ދެމިއޮތުން އަދި ސްރީލަންކާއަށް ޓެކްނޮލޮޖީ ކޮންސްޓްރަކްޝަންގައި ބޭނުންކުރާ ސާމާނުގެ ކުލަޓީ އާއި ސްޓޭންޑަޑްގެ މައްޗަށް ޖައްސާ ތަރައްޤީކޮށް މީހުންގެ ހުނަރާއި، ޤާބިލުކަން އިތުރުކޮށް އެންމެފަހުގެ ސާމާނުތައް އުފައްދާއެވެ. އަދި ލަންކާގެ ކޮސްޓަރަކްޝަންގެ ސިނާޢަތުގައި އެންމެ ކުރީ ސަފުގައި ގުނާ ލެވޭ ލަންކާގެ އިންފްރާސްޓަކްޗަރ ކުރިއެރުވުމުގައި ޓެކްނޮލޮޖީ ކުރިއަރުވާ މެލްވާ ބްރޭޑްގެ އުފެއްދުންތަކަކީ ލަންކާގެ އެންމެ ދަންނަ ކޮލެޓީ ބްރޭންޑެކެވެ.

މެލްވާ ބްރޭންޑުން އަމިއްލައަށް މުދާ ޑެލިވަރީ ކުރާ ނިޒާމެއް އޮތުމުން ގަޑިއަށް ބޭނުންވާ ތަނަށް މުދާ އަވަހަށް ޑެލިވަރ ކޮށްދެއެވެ. ގިނަ ސަބަބުތަކާއެކު މެލްވާ ބްރޭޑް ވެފައިވަނީ މީހުން ބަލައިގަންނަ އިތުބާރު ލިބިފައިވާ ބްރޭޑްއަކަށެވެ.

- ކޮމެންޓް