Advertisement
ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 15:14
ފިލައިގެން ހޯދަމުންދިޔަ އައިސަރު ނަސީމް
ފިލައިގެން ހޯދަމުންދިޔަ އައިސަރު ނަސީމް
ޓްވިޓަރ
ޤައިދީ
ޑޮކްޓަރަށް ދައްކަން ގެންދިޔުމުން ފިލި ޤައިދީ ހައްޔަރުކޮށްފި
އައިސަރު ނަސީމް ހައްޔަރުކޮށްފައިވަނީ މެންދުރު 14:10 ގައި
މީނާ ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި
އައިސަރު ނަސީމް އަކީ ޑްރަގްގެ މައްސަލައެއްގައި، މާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއެއް

ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންދިޔުމުން ފިލި ޤައިދީ ފުލުހުންގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން ބުނީ ބުރާސްފަތި ދުވަހު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގެނައުމުން ފިލާފައިވާ އައިސަރު ނަސީމް ހައްޔަރުކޮށްފައިވަނީ މެންދުރު 14:10 ގައިކަމަށެވެ. މިހާރު މީނާ ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ. އަދި މިމަސައްކަތުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ކަރެކްޝަންސް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Advertisement

އައިސަރު ނަސީމް އަކީ ޑްރަގްގެ މައްސަލައެއްގައި، މާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
24 ޖެނުއަރީ 2020 | ހުކުރު 06:12
ސުން ބާބ ބަ
މިފަހަރު ސުން ބާ ކޮ ބާ.