ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 02:38
ރާއްޖޭގައި ހިންގަމުންދާ ރިޒޯޓެއް-ފަތުރުވެރިން ރާއްޖެގެނައުމަށް ގިނަ ޓްރެވަލް އެޖެންސީތަކެއް ހަރަކާތްތެރިވޭ
ރާއްޖޭގައި ހިންގަމުންދާ ރިޒޯޓެއް-ފަތުރުވެރިން ރާއްޖެގެނައުމަށް ގިނަ ޓްރެވަލް އެޖެންސީތަކެއް ހަރަކާތްތެރިވޭ
ގޫގުލް
ޓްރެވަލް އެޖެންސީ
ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް ޖެނުއަރީމަސް ނިމުމުގެކުރިން ހުށަހެޅުމަށް އަންގައިފި
އަހަރީ ރިޕޯޓް 31 ޖެނުއަރީ ގެ 14:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ
އަހަރީ ރިޕޯޓް ހުށަނާޅާނަމަ އެ އެޖެންސީއަށް ދޫކޮށްފައިވާ ހުއްދަ ބާތިލްވާނެ
ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯޓް ހުށަހެޅުމަށް ގަވާއިދު ލާޒިމްކުރޭ

ރާއްޖޭގައި ހިންގަމުންދާ ޓްރެވަލް އެޖެންސީތަކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް މިމަސް ނިމުމުގެ ކުރިން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.

އެކަން އެންގުމަށް އެމިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު 31 ޖަނަވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭކަމަށެވެ. އަދި، 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި މުއްދަތުގެ ކުރިން ހުށަނާޅާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާޠިލު ވާނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގައި ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު" ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. މި އަހަރީ ރިޕޯޓު ގަވާއިދުގައިވާ މުއްދަތުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާނަމަ އެކުންފުންޏަކަށް ދޫކޮށްފައިވާ ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ހުއްދަ ބާޠިލްކުރެވޭނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި މިހާރު 384 ޓްރެވަލް އެޖެންސީ ހިންގާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

- ކޮމެންޓް