Advertisement
ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 02:32
ކުރިން ބޭއްވި އިންތިޚާބެއްގައި މީހަކު ވޯޓުލަނީ
ކުރިން ބޭއްވި އިންތިޚާބެއްގައި މީހަކު ވޯޓުލަނީ
ސޯޝަލް މީޑިއާ
ކައުންސިލް އިންތިޚާބު
ކައުންސިލް އިންތިޚާބުގައި ވޯޓުދެވޭ މީހުންގެ ލިސްޓް އާންމުކޮށްފި
މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައި
ވޯޓުލެވޭ މީހުންގެ ލިސްޓު ގެޒެޓުންނާއި ކޮމިޝަންގެ ވެބްސައިޓުން ފެންނާނެ

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނީ މި ލިސްޓު ގެޒެޓުންނާއި ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. މީގެއިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށްވެސް އީސީން ބުނެއެވެ.

އެސްއެމްއެސް މެދުވެރިކޮށް ޗެކްކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އީސީން ބުނެއެވެ. އެގޮތުން VR ޖެހުމަށްފަހު ސްޕޭސް ދޫކުރުމަށްފަހު އެމީހެއްގެ އައިޑީކާޑު ނަންބަރު ޖެހުމަށްފަހު 1414 އަށް ފޮނުވުމުން ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

Advertisement

އީސީން ވަނީ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. އެގޮތުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ މިމަހުގެ 20 އިން ޖަނަވަރީ 31 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށް އީސީން ބުނެއެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެކަމަށް އީސީން ބުނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ޝަކުވާ ބަލައިގަންނަމުންދާނެ ކަަމަށް އީސީން ބުނެއެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އީސީން ބުނެއެވެ.

މިފަހަރު ބާއްވާ ކައުންސިލް އިންތިޚާބަކީ ލާމަރުކަޒީ ޤާނޫނަށް މިފަހުން ގެނެވުނު ބޮޑެތި ބަދަލުތަކާއެކު ބާއްވާ ފުރަތަމަ އިންތިޚާބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް