އިންޑިއާގައި އުފަންވި ކުއްޖަކު އޭނާ އުފަންވި އިރު ހުރި ބޮޑެތި އައިބުތަކެއްގެ ސަބަބުން މަންމަ އަށް ބޮޑު ޝޮކެއް ލިބި ދަރިފުޅު ބަލައިގަންނަން ބޭނުން ނުވި ކަމަށް އެކުއްޖާގެ މަންމަ ބުނެފިއެވެ.
އޭނާގެ މަންމަ ބުނީ ފުރަތަމަ ފަހަރަށް ކުއްޖާ ފެނުމާއެކު ކުއްޖާގެ ލޮލާއި ބޯ ހުރި ގޮތުން ޝޮކެއް ލިބުނު ކަމަށާއި އޭނާއަށް ދަރިފުޅު ސިފަވީ އޭލިއަނެއްގެ ގޮތުގައި ކަމަށެވެ.
ކުއްޖާ އުފަންވި އިރު އޭނާގެ ބޯ ރަނގަޅަށް ނު އުފެދެއެވެ. ލޯހުރީ ވަރަށް ބޮޑަށް ބޭރަށް ނުކުމެފައެވެ. ކުއްޖާގެ މަންމަ ބުނެފައިވަނީ ބޮލުގެ އިތުރުން ކުއްޖާގެ ހަށިގަނޑުގެ އެތައް ގުނަވަނެއް ހުރީ ރަނގަޅަށް ނުއުފެދި ކަމަށެވެ.
އާދަޔާ ޚިލާފު ސިފައަކަށް ހުރި ކުއްޖަކު އުފަންވި ޚަބަރަށް އިންޑިއާގެ އެތައް މިތަނުން ކުއްޖާ ދުށުމަށް މީހުން އަންނަމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ކުއްޖާ ދުށް ބައެއް މީހުން ގަބޫލު ކުރަނީ ހިންދޫ ރާމަމަކުނު ކަލާނގެ ހަނޫމާން ފުރާނައެއްގައި ދުނިޔެއަށް އައީ ކަމަށެވެ.
އުމުރުން 35 އަހަރުގެ ޚާލިދާ ބޭގަމްއަށް ލިބުނު މި ކުއްޖާއަށް ދިމާވެފައިވާ މައްސަލައަކީ ވަރަށް މަދުން ނޫނީ އިންސާނުންނަށް ކުރިމަތިނުވާ ޖެނެޓިކް މައްސަލައެއް ކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ.
އިންޑިއާގެ ކައްތިހާރުގެ ކަޑަމްގަޗީ ވިލެޖަށް މި ކުއްޖާ އުފަންވެފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.
ކުއްޖާގެ މަންމަ އާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ އޭނާ އަށް ލިބުނު އެހެން ކުދިންގެ އެއްވެސް އައިބެއް ނެތް ކަމަށާއި އެކުދިން އުފަންވީ ފުރިހަމަ ސިއްހަތެއްގައި ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ކުއްޖާ މާ ގިނަ ދުވަހު ދުނިޔޭގައި އޮންނާނެ ކަމަކަށް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.